Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 51 އަހަރުގެ މީހާ 30 ދުވަަހަށް ބަންދުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 51 އަހަރުގެ މީހާ 30 ދުވަަހަށް ބަންދުކޮށްފި

ދިހަ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި 51 އަހަރުގެ ދިވެހި ފިރިހެން މީހާ 30 ދުވަހަށް ބަންދުކޮށްފި އެވެ.

އެ މީހާ ހައްޔަރުކޮށްފައި ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށަކުންނެވެ. އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ކުރީ އިއްޔެ އެވެ.

ނަމަވެސް ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން ބުނީ އެ މައްސަލައާ މެދު ގޮތެއް ނިންމަން އެ ފިރިހެން މީހާ މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގައި ހުޅުމާލެ މޫދަށް އެރި އުޅުނު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ސައުތު ޕޮލިސް ހިމެނޭ ރަށަކުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްސަލަ ވެސް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް