Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގްރެފިޓީތައް އަލުން ކުރަހާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން

ގްރެފިޓީތައް އަލުން ކުރަހާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން

ފާރުތަކުގައި ގްރެފިޓީތައް ކުރަހާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މަގު ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތައިލާން ދިވެހި ފުލުހުންގެ ހިދުމަތާއި، މާލެ ސިޓީ ކައުންސިލް ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ވަނީ މަސައްކަތް ފަށައި، ބައެއް ގްރެފިޓީތައް ފޮހެލައިފައެވެ.

ނަމަވެސް މިހާރު އަނެއްކާ ވަނީ އެތަންތަނުގައި ގްރެފިޓީތައް ކުރަހައިފައެވެ.

Advertisement
HDC — Sidebar (box)

މިކަމާ ގުޅޭގޮތުން ފުލުހުންނާ ހަވާލާދީ މާލޭ ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގެ ފާރުތަކުގައި ހުރި ގްރެފިޓީތައް ފުހެލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އަނެއްކާ ވެސް އެ ތަންތަނުގައި ކުރަހަމުންދާކަން ފާހަގަ ވެފައިވާ ކަމަށެވެ.

"މިކަމުގައި ފުލުހުންގެ ޖަވާބަކީ އެކަން ކުރަމުންދާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް" މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ފުލުހުންގެ އެދުމުގެ މަތިން ސިޓީ ކައުންސިލުން ވަނީ އަނެއްކާ ވެސް އެ ފާރުތަކުގައި ކުލަ ލައި، ރީތިކުރަން ނިންމައިފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް