ހުޅުމާލެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެ މީހާ ފެނުނީ ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާލުން ފަޅު ތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ކަމަށެވެ.
އަދި އޭނާ ހުޅުމާލެ ހޮސްޕިޓަަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ މ. މަޑުއްވަރީ، ކޮކޮނަޓް ވިލާ، އިބްރާހީމް ޖިނާހް (36އ) ކަމަށެވެ.
ތަހުގީގުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އޭނާގެ ހަށިގަނޑު އާއިލާ އާ ވަނީ ހަވާލުކޮށްފަ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ދާދި ފަހުން އައިޖީއެމްއެޗާ ދިމާލު ފަޅުތެރޭގައި އޮއްވާ ފެނުނު މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.