Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ކުރި ދަތުރަކަށް މިލިއަނެއްހާ ރުފިޔާ

ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ކުރި ދަތުރަކަށް މިލިއަނެއްހާ ރުފިޔާ

ތަޖުރިބާއާއި ތަމްރީން ހޯދުމަށް ކަމަށް ބުނެ ހދ. އަތޮޅު ކައުންސިލްއިން ތައިލެންޑްގެ ބެންކޮކަށް ކުރި 10 ދުވަހުގެ ދަތުރަކަށް މިލިއަނެއްހާ ރުފިޔާ ހަރަދުކުރިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އޮޑިޓް އޮފީހުން ނެރުނު ހދ. އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ބުނީ އެ ކައުންސިލަށް މިދިޔަ އަހަރު ލިބުނު އާމްދަނީއާއި ބްލޮކް ގްރާންޓުންގެ ތެރެއިން ބޮޑު އަދަދެއް ހޭދަކުރީ އެ ދަތުރަށް ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ކުރި އެ ދަތުރުގައި 20 މީހުން ބައިވެރިވެ އެ އެންމެންގެ ހަރަދުތަކަށް ޖުމްލަ 952،885 ރުފިޔާ ހަރަދުކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

Advertisement
Ooredoo — Truecaller (box)

އެހެން ނަމަވެސް އެ ދަތުރުން ހޯދި ތަޖުރިބާއާއި ތަމްރީންގެ ދަށުން އަހަރެއްވި އިރުވެސް ހދ.އަތޮޅުގައި އެއްވެސް މަޝްރޫއެއް ފަށާފައިނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އަދި ބަޖެޓުން ބޮޑު ހަރަދެއް އެ ދަތުރަށް ކުރިއިރު ކައުންސިލްއިން ބަޖެޓު ހެދިއިރު އެ ދަތުރު ބަޖެޓުކޮށްފައިނުވާ އިރު އެ ދަތުރުކުރުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަވެސް ނުނަގާ ކަމަށް ބުންޏެވެ.

އެ ހަރަދުކޮށްގައިވަނީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށްވާތީ އެ ހަރަދުތަކަށް ޒިންމާވާ ފަރާތާމެދު ފިޔަވަޅު އެޅުމަށް ވެސް އޮޑިޓް ރިޕޯޓްގައި ލަފާދީފައިވެ އެވެ.

އޭގެ އިތުރުން އެފަދަ ހަރަދުތައް ކައުންސިލްތަކުން ކުރުމުގެ ބަދަލުގައި ބޭރުގެ ފަރާތްތަކާ މަޝްވަރާކޮށްގެން ސްޕޮންސާއާއި އެހީ ލިބޭނެ ގޮތަށް މަސައްކަތް ކުރުމަށް ވެސް އޮޑިޓް ރިޕޯޓްގައި ލަފާދީނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް