އަހުމަދުގެ ހަށިގަނޑު ފެނުނީ މަރުވިތާ 5 ގަޑިއެއްހާ އިރު ފަހުން

ގއ. ދާންދޫ މަގުމަތީގައި މަރުވެފައި އޮއްވާ ޒުވާނަކު ފެނުނީ މަރުވިތާ 5 ގަޑިއެއްހާއިރު ފަހުންކަން އެނގިއްޖެ އެވެ.
ދާންދޫގައި ހުންނަ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގު މަތީގައި މަރުވެފައި އޮއްވާ ފެނުނީ އެ ރަށު, ނަގެހަލަ, އަހުމަދު އަބްދުالله (33އ) އެެވެ. އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އަހުމަދު މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މަރާ ގުޅޭ ގޮތުން "ދެން"އާ ވާހަކަ ދައްކަމުން ދާންދޫ ކައުންސިލުގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ އަހުމަދުގެ ހަށިގަނޑު ފެނުނީ ފެނަކައިގެ ހުޅަނގު ފަރާތުގައި ހުންނަ ފަޅުގެއެއްގެ ބޭރުގައި އޮތް ވިނަގަނޑެއްގެ މަތިން ކަމަށެވެ.
<img class="aligncenter wp-image-256972 size-full" src="https://cdn.dhen.mv/wp-content/uploads/2024/12/WhatsApp-Image-2024-12-07-at-12.15.10_60902535.jpg" alt="" width="1600" height="1200" />
"ވިނަގަނޑު މަތީގައި [މަތިން ފެންނަ ފޮޓޯ] މަރުވެފައި އޮއްވާ ފެނުނީ" އާސިފް ދެން އަށް ވިދާޅުވި އެވެ.
ނަން ނުޖަހަން ޝަރުތުކޮށް ދާންދޫ ހެލްތް ސެންޓަރުން މައުލޫމާތު ދިން މީހަކު ބުނީ، އަހުމަދުގެ ހަށިގަނޑު ފެނުނީ މަރުވިތާ ގިނަ އިރުތަކެއް ފަހުން ކަމަށެވެ.
"ގާތްގަނޑަކަށް 5 ގަޑިއިރުވެދާނެ ކަމަށް ޑޮކްޓަރުން ބުނޭ، ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަރުވެފައި" އެ މީހާ ބުންޏެވެ. އަހުމަދުގެ ހަށިގަނޑު ފެނުނު މަގަކީ މީހުން އާއްމުކޮށް ބޭނުންކުރާ މަގެކެވެ. ހަށިގަނޑުގައި އެއްވެސް ނިޝާނެއް ހުރިކަމެއް ނުވަތަ ނޫން ކަމެއް އަދި މިހާތަނަށް ޔަގީންކުރެވިފައެއް ނުވެ އެވެ.
ކައުންސިލުގެ ރައީސް އާސިފް ވިދާޅުވީ އާއިލާއާ އެކު ދިރިއުޅެމުންދާ އަހުމަދު ރޭގެ ވަގުތެއްގައިވެސް ރަށު ބައެއް މީހުންނާ ބައްދަލުވި ކަމަށެވެ. އަދި ރޭ ގެއަށް ކާންވެސް ދިޔަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ. އަހުމަދުގެ އާއިލާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
އެ މަރާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އަހުމަދުގެ ހަށިގަނޑު ވަނީ ތިނަދޫއަށް މިހާރު ގެންގޮސްފަ އެވެ.
އަހުމަދަކީ މީގެ ކުރިން އެ ރަށު ފެނަކައިގައި މަސައްކަތްކުރި ޒުވާނެކެވެ.







ކޮމެންޓް