Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބިއްޖެ ނަމަ، މޫނު ބުރުގާ އެޅުން މަނާ ކުރާނެ: ޝުޖާއު

އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބިއްޖެ ނަމަ، މޫނު ބުރުގާ އެޅުން މަނާ ކުރާނެ: ޝުޖާއު

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ށ.ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ، މޫނު ބުރުގާ އެޅުން މަނާ ކުރާނެ ކަަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެެ.

މޫނު ބުރުގާގެ މައްްސަލަ ވަަރަށް ބޮޑަށް ހޫނުވެެފައިވާ އިރު، ކިޔަވައިދޭ މުދައްރިސުން މޫނު ބުރުގާ އަޅާ ނަމަ، ދަރިވަރުން ކިޔެވުމަށް ހުންނަ ޝައުގުވެރިކަން ކުޑަވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. އަދި މޫނު ބުރުގާއާ ދެކޮޅަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވެސް ވަނީ ތެދުވެފައެވެ. އެޕާޓީން ވެސް ބުނީ މުދައްރިސްގެ މޫނު ފެންނަން ޖެހޭ ކަމަށެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބިއްޖެ ނަމަ، މޫނު ބުރުގާ އެޅުން މަނާ ކުރާނެ ކަމަށާއި، އެއީ ކަށަވަރު ކަމެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

"މިއީ ޔަގީން ކަށަވަރު ކަމެއް. ކޮމަންޑޫ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ އަރިހުން އާދޭހާ އެކު އެދެން އެމްޑީޕީ އަށް މިގޮނޑި ނުދެއްވާ! ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރު ނުދެއްވާ." ޝުޖާއުގެ ޓްވީޓުގައިވެއެވެ.

ޝުޖާއު މީގެ ކުރިން ވެސް ވަނީ އެމްޑީޕީއަށް މަޖިލީހުގެ 65 ގޮނޑި ނުދޭން ގޮވައިލައްވައިފައެވެ. އެގޮތުން ގާނޫނު އަސާސީ ބަަދަލު ކުރުމުގެ ބާރު އެ ޕާޓީއަށް ލިބިއްޖެ ނަަމަ، ރާއްޖޭގައި އެހެން ދީންތަކަށް ޖާގަ ދޭނެ ކަމަށް ވެސް ޝުޖާއު ވިދާޅުވެފައިވެއެެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް