Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސްއާ ހިސާބަށް ދެވޭނީ 75 މެންބަރުންގެ ފުރާނަ ދުއްވާލާފައި: ސަލީމް 

ރައީސްއާ ހިސާބަށް ދެވޭނީ 75 މެންބަރުންގެ ފުރާނަ ދުއްވާލާފައި: ސަލީމް 
ރައީސް ޑރ މުހައްމަދު މުއިއްޒުއާ ހިސާބަށް ދެވޭނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ 75 މެންބަރުންގެ ފުރާނަ ދުއްވާލުމަށްފަހު ކަމަށް ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ. ރައީސް މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީއަށް ހެދި ގޮތް ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުނު ކުއްލި މައްސަލާގެ ބަހުސްގައި ސަލީމް ވިދާޅުވީ އެ  މައްސަލައަކީ ނުރައްކާތެރި އަދި ސީރީޔަސް މައްސަލައެއް ކަމަށެވެ. އަދި ރައީސް މުއިއްޒަށް, ރައީސް އަމީނަށް ހަދާލިގޮތް ހަދާލާނެ ކަމުގެ "ސިގްނަލް" ލިބުމަކީ ހައިރާންވި ކަމެއްގެ ގޮތުގައި ސަލީމް ސިފަކުރި އެވެ. އެފަދަ ގޮތެއް ރައީސަށް ހަދާލެވޭނެ ކަމަށް އެއްވެސް ގޮތެއްގައި ބަޔަކު ހީކޮށްގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޖިލީހުގައި މިތިބަ 75 މެންބަރުންގެ ފުރާނަ ދުއްވާލާފައި ނޫނީ ރައީސުލްޖުމްހޫރިއްޔާއާ ހަމައަކަށް ނުދެވޭނެ އިނގޭތޯ"
ސަލީމް ވިދާޅުވީ ގައުމުގެ ވެރިޔަކަށް ހުންނަ މީހާ ދެކެ ނުރުހޭ ކަމުގައި ވިޔަސް، އެ ވެރިމީހާ ކުރާ ކަންތައްތަކާ ދޭތެރޭގައި ހިތްހަމަނުޖެހުމުގެ އިތުރުން ވެރިމީހާއަށް މީހުން ބޭނުންވާ ކަމެއް ނުފުއްދޭ ހާލަތެއް ކުރިމަތިވިޔަސް އުރެދުމަކަށް އަރާ ނުގަންނަހާ ހިނދަކު ވެރިމީހާ އަށް ކިޔަމަންވުމަށް އިސްލާމްދީނުގައި ބާރުއަޅާ ކަމަށެވެ. އަމީނާ މެދު ކަންތައް ދިމާވި ގޮތަށް އިޝާރާތްކޮށް ސަލީމް ވިދާޅުވީ އެގޮތް މެދުވެރިވީ، އަމީން ރައްޔިތުންނަށް އަނިޔާވެރިވެގެން ނޫން ކަމަށެވެ. އަމީނަކީ ދިވެހި ރައްޔިތުންނަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވި އެވެ. ސަލީމް ވިދާޅުވީ އަމީންގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގުން ހައްދު ފަހަނައަޅައި ދިޔުމުން އެކަން ހުއްޓުވަން އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ ބަޔަކު ނިކުމެ އަމީން 'ދުއްވާލަން' މަސައްކަތް ކުރުން ކަމަށް ސަލީމް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް