Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސައުދީން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

އެހެން އަހަރުތަކެކޭ އެއްފަދައިން ސައުދީ އަރަބިޔާއިން ރޯދަ މަހާ ދިމާކޮށް 50 ޓަނުގެ ކަދުރު ރާއްޖެ އަށް ހަދިޔާ ކޮށްފި އެވެ.

ސައުދީ އަރަބިޔާ އާއި ރާއްޖެ ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެ އެވެ.

އެގޮތުގެ މަތިން އާންމުކޮށް 50 ޓަނުގެ ކަދުރު އެހެން އަހަރުތަކުގައިގައި ވެސް ހަދިޔާ ކުރެއެވެ.

Advertisement
Ooredoo — Truecaller (box)

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވީ ސައުދީން މި ފަހަރު ދިން ކަދުރު ޝިޕްމަންޓް މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ.

"ރޯދަ މަހުގެ ކުރިން އިންޝާ ﷲ ކަދުރު ބަހައި ނިންމާނެ. މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްތާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ" މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ފަހުން ސައުދީން ހަދިޔާކުރި ކަދުރު ބެހީ ކޮންމެ ގޭބީސީއަަކަށް އެއް ކަދުރު ޕެކެޓްގެ ރޭޓުން ނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް