Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލެ ކައުންސިލުގެ ހިދުމަތް އެއް ތަނަކުން ލިބޭނެ އިމާރާތެއް އަޅަނީ

މާލެ ކައުންސިލުގެ ހިދުމަތް އެއް ތަނަކުން ލިބޭނެ އިމާރާތެއް އަޅަނީ
މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތައް އެއް ތަނަކުން ދިނުމަށްޓަކައި އެކަމަށް ބޭނުންވާ އިމާރާތެއް އެޅުމުގެ އަމަލީ މަސައްކްތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. އާޒިމް އެގޮތަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިނގަމުން ދިޔަ އިމާރާތް އަނދާ, ހުލިވި އަލިފާނުގެ ހާދިސާގައި އެ ގޯތިރޭގައި ހުރި މާލެ ސިޓީގެ ދެ ސެކްޝަން ހިނގަމުންދިޔަ އިމާރާތަށް ލިބުނު ގެއްލުމާ ބެހޭ ގޮތުން "ރާއްޖެ ޓީވީ" ގައި ވާހަކަ ދައްކަވަމުންނެވެ. މޭޔަރުކަމުގެ ދައުރު ނިމޭއިރު މާލޭ ކައުންސިލްގެ ހިދުމަތްތައް ދޭނެ އިމާރާތެއް ބިނާކޮށް ހުރިހާ ލިޔެކިޔުންތައް ޑިޖިޓަލް ކުރުމަކީ އާޒިމްގެ އަމާޒެކެވެ. އާޒިމް ވިދާޅުވީ ކައުންސިލުގެ އާ އިމާރާތެއް އަޅަން ނިންމީ މިހާރު މަސައްކަތް ކުރިއަށްދަނީ ތަފާތު 7 އިމާރާތެއްގައިކަމުން، އޭގެ ސަބަބުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށް ދިނުމަށް އިންތިހާއަށް ދަތިވާތީވެ ކަމަށެވެ. އަލިފާނުގައި ކައުންސިލުގެ އޮފީހަށް ލިބުނު ގެއްލުންތަކަށް އަޅިއަޅުވާލައި އާޒިމް ވިދާޅުވި އެންމެ މުހިންމުކަމަކީ އެއްވެސް މުއައްޒަފަކަށް އަނިޔާއެއް ނުވެ ސަލާމަތްވުން ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުން އެނގޭނީ ރަނގަޅަށް އެސެސްކުރެވިގެން ކަމަށެވެ. އަދި މުދަލަށް ލިބުނު ގެއްލުން އެސެސްކުރަމުންދާއިރު އެކަން މާދަމާ ގައި އެނގޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. ސަލާމަތް ކުރެވުނު ތަކެތީގެ މައުލޫމާތު ދެނަގަތުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ނެތިގެންދިޔަ ރެކޯޑްތައް ހޯދުމުގައި އަންމު ރައްޔިތުނާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި ކޯޓުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ ކައުންސިލްގެ ލޭންޑް އެންޑް އިންފްރާންސްޓްރެކްޗާ އާއި ވައިޓަލް ރަޖިސްޓްރޭޝަން ސެކްޝަނުން، މާލޭގެ ރައްޔިތުންނަށް ދެމުންދިޔަ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވަރަށް މަސައްކަތްކުރާ ކަމަށާއި މާދަމާ ވެސް އެ ދެ ސެކްޝަނުން ކުރިން ވެސް ދެމުންދިޔަ ހިދުމަތްތައް ލިބޭނެ ކަމަށެވެ.
'"މި ކަހަލަ ކާރިސާތަކުން އަޅުގަނޑުމެނަށް ފިލާވަޅު ލިބިއްޖެނަމަ ކިތަންމެ ހާވެސް ރަނގަޅު. އަޅުގަޑުމެން އަދި ވެސް މަސައްކަތް ކުރަމުން މި ދަނީ، އެންމެ ކުރީގެ މުނިސިޕަލްޓީން ހިދުމަތް ދިން ކަހަލަ ބައްޓަމަކަށް. ކަމެއް ރަނގަޅު ކުރާނެ ވަސީލަތާއި މަގުތައް ފެނިފައި ހުރިހެން އަޅުގަނޑުމެންގެ ފަސްމަގުގައި ނެތް."
އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް، 4.5 މިލިޔަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް