Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގެއްލުނު މީހާ ހޯދަން 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ

ގެއްލުނު މީހާ ހޯދަން 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ
މިދިޔަ ހޯމަ ދުވަހުގެ ރޭ އައްޑޫއިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ ދޯންޏަކުން ގެއްލުނު ފަޅުވެރިއާ ހޯދުމަށް 304 ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ. ގެއްލިގެން ހޯދަމުން ދަނީ އައްޑޫ ސިޓީން ފުރައިގެން މާލެ ދަތުރުކުރި "ސީމެކްސް" ބޯޓުގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ފަޅުވެރިއެއް ކަމަށްވާ ރާޖް ކުމާރު އެވެ. އެ މީހާ ހޯދުމަށް އަންގާރަ ދުވަހު ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް، ސަދަން އޭރިއާ ސްކޮޑްރަން ގެ އުޅަނދުތަކުން ހިންގި ސާޗް އޮޕަރޭޝަން ގައި ބަލާފައިވެ އެވެ. އެ މީހާ ހޯދުމުގެ މަސައްކަތް މިހާރު ވެސް އެމްއެންޑީއެފްއިން ކުރަމުންދާއިރު އެކަމާ ގުޅިގެން އެންމެ ފަހުން ދިން މައުލޫމާތުގައި އެމްއެންޑީއެފުން ބުނީ އިއްޔެ 200 ނޯޓިކަލް މޭލު ސަރަހައްދެއް ބެލިފައިވާ ކަމަށާއި އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކަނޑުމަގުން ކަމަށެވެ.
"އަދިވެސް ގެއްލުނު މީހާ ފެނިފައެއްނުވޭ"
ފުލުހުން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ 11:30 ހާއިރު އެ ބޯޓު އައްޑޫ ސިޓީއިން ފުރިއިރު ރާޖް ކުމާރު ބޯޓުގައި ހުރި ކަމަށެވެ. އަދި އެ ރޭ 1:15 ހާއިރު ކެޕްޓަނާ ވާހަކަ ދެއްކިކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ. ފުލުހުން ކުރިން ބުނީ، ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫއާ ފުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން ކަމަށެވެ. އަދި އޭރު ބޯޓު އޮތީ ފުވައްމުލަކު ސިޓީއާ 8 މޭލަށް ކައިރީގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް