Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ވިޔަފާރި

އިގްތިސާދު ކުރިއެރުވުމަށް ކާގޯގެ ހިދުމަތް ފުޅާކުރުން މުހިންމު: ޝަރީފް

އިގްތިސާދު ކުރިއެރުވުމަށް ކާގޯގެ ހިދުމަތް ފުޅާކުރުން މުހިންމު: ޝަރީފް
ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އޭވިއޭޝަން ދާއިރާ ފުޅާކޮށް، ދަތުރުތައް އިތުރުކުރުމާ އެކު ކާގޯގެ ހިދުމަތް ވެސް ފުޅާކުރުން މުހިންމު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ. އެމްއޭސީއެލްގެ ސީއީއޯ އެހެން ވިދާޅުވީ، ފަތުރުވެރިކަމާއި އޭވިއޭޝަން ދާއިރާގެ ފަރާތްތަކާ އެކު އެ ކުންފުނިން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝަރީފް ވަނީ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުންތަކަށް އަލިއަޅުއްވާލެއްވި އެވެ. މި މަހުގެ ނިޔަލަށް 2 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށާއި، އެއީ އެ ދާއިރާގައި ހުރިހާ ފަރާތްތައް ގުޅިގެން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ. ފަތުރުވެރިކަމުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތުމަށް ބާރުދޭ ކަންތައްތައް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ކާގޯގެ ހިދުމަތާއި އެއާލައިންތަކާއި އެއާލައިންތަކުގެ ދަތުރުތައް މުހިންމު ކަމަށެވެ.
"ރާއްޖެއަށް އާ އެއާލައިންތަކުގެ ދަތުރު ފެށުމާއި ދަތުރުތައް އިތުރުކުރުން އަދި މިހާރު ކުރިއަރަމުން އަންނަ ކާގޯ ހިދުމަތުން ފަތުރުވެރިކަން ކުރިއެރުވުމަށް ބާރު ލިބޭ،" ޝަރީފް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް މިހާތަނަށް ހޯދުން ކުރިއެރުންތަކަކީ އޭވިއޭޝަން ދާއިރާ އާއި މެރިޓައިމް ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން ހޯދިފައިވާ ކާމިޔާބީީތަކެއް ކަމަށެވެ. [caption id="attachment_259489" align="alignnone" width="690"] ފަތުރުވެރިކަމާއި އޭވިއޭޝަން ދާއިރާގެ ފަރާތްތަކާ އެކު އެމްއޭސީއެލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:އެމްއޭސީއެލް[/caption] ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން އެއާޕޯޓް ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ. އެގޮތުން އިންފްރާސްޓްރަކްޗާ އަޕްގްރޭޑްކޮށް، ޓެކްނޮލޮޖީގެ ކުރިއެރުންތަކެއް އެއާޕޯޓުން ދޭ ހިދުމަތްތަކަށް ގެންނާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެ ކުންފުނިން އިންތިޒާމް ކޮށްގެން ބޭއްވި އެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އިންޑަސްޓްރީ (މަޓީ) ބައިވެރިވި އެވެ. އަދި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ މަންދޫބުންގެ އިތުރުން މޯލްޑިވްސް ޔޮޓް އެސޯސިއޭޝަން (މާޔާ) އާއެކު އެމްއޭސީއެލްގެ ސީނިއާ މެނޭޖްމަންޓާއި ރާއްޖޭގައި ހަރަކާތްތެރިވާ އެއާލައިންތަކުގެ މަންދޫބުން ވެސް ބައިވެރިވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް