ހަށި ވިއްކަމުން ދިޔަ 7 މީހަކު ހައްޔަރުކޮށް، 3 މީހަކު ޑީޕޯޓްކޮށްލައިފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ހޯދައި، އޭގެ ތެރެއިން ބަޔަކު ޑީޕޯޓުކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފި އެވެ.
އިމިގްރޭޝަންގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީން ހޯދުމަށް ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަން ތަކެއްގައި ބިދޭސީ 07 އަންހެނަކާއި އެ މީހުންގެ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ 02 ފިރިހެނަކު އަތުލައިގެންފައިވާ ކަމަށެވެ.
ހަށިވިއްކުމުގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ވިއެޓްނާމްގެ 6 އަންހެނާއި ޔުގާންޑާގެ އަންހެނެކެވެ. އެ މީހުންގެ އެޖެންޓުންނަކީ ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.
<img class="aligncenter wp-image-259804 size-full" src="https://cdn.dhen.mv/wp-content/uploads/2024/12/Capture-3-1.jpg" alt="" width="604" height="562" />
އެ މައްސަލަ ތަހުގީގުކުރުމަށް ފަހު ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް އޭގެ ތެރެއިން ވިއެޓްނާމްގެ 3 އަންހެނަކު ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ބާކީ ތިބި 6 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަން ބުންޏެވެ.
މިދިޔަ ނޮވެންބަރު މަހު ފަހުކޮޅު ހަށި ވިއްކުމުގައި އުޅުނު ހަތް މީހަކު އަތުލައިގެންފައިވާއިރު އޭގެ ތެރެއިން ބައެއް މީހުން ވަނީ ޑީޕޯޓްކޮށްލާފަ އެވެ. އަދި އެ މަހުގެ ކުރީކޮޅު ވެސް މާލޭގައި ހިންގަމުންދިޔަ ސްޕާއެއް ރެއިޑްކޮށް އެތަނުގައި ހަށިވިއްކަން އުޅުނު 4 ބިދޭސީއަކު އަތުލައިގެންފައިވެ އެވެ.






ކޮމެންޓް