Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެއްތާވި މީހުން ވެކްސިން ޖަހައިފައިވާ ނަމަ ކަރަންޓީން ނުކުރަން ނިންމައިފި

އެއްތާވި މީހުން ވެކްސިން ޖަހައިފައިވާ ނަމަ ކަރަންޓީން ނުކުރަން ނިންމައިފި

ކޮވިޑް-19އަށް ފައްސިވާ މީހުންނާ އެއްތާވި މީހުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، މާދަމާއިން ފެށިގެން ބަލީގެ ކޮންޓެކްޓުންނަށް ކަރަންޓީން ކުރަން ޖެހޭ މުއްދަތު ބަދަލު ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ކޮވިޑަށް ފައްސިވާ މީހުންނާ އެއްތާވި މީހުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެންޓިޖަން ނުވަތަ ޕީ.ސީ.އާރު ޓެސްޓު ހަދައި ނަތީޖާ ނައްސި ވެއްޖެ ނަމަ ކަރަންޓީނުވާކަށް ނުޖެހޭނެއެވެ.

ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ފައްސިވި މީހާއާ އެންމެ ފަހުން ދިމާވި ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަސް ވުމުން ޕީ.ސީ.އާރު ޓެސްޓެއް ހެދަން ޖެހޭނެ ކަމަށާއި އެގޮތަށް ޢަމަލުކުރެވޭނީ ކޮވިޑަށް ފައްސިވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ އެއްތާވި މީހުން ކަމަށެވެ.

Advertisement
Ooredoo — Square (box)

މިގޮތަށް އަމަލުކުރާނީ ބަލި ޖެހުނު މީހާއާ ވަކިން އުޅޭ މީހުންނެވެ. އެމީހާއާ އެކީ އުޅޭ ނަމަ ބަލި މީހާ ކަރަންޓީނު ނިމެންދެން ކަރަންޓީނުވާން ޖެހޭނެއެވެ. އެއަށްފަހު ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެއެވެ. ނަތީޖާ ލިބެންދެން ހުންނަން ޖެހޭނީ ކަރަންޓީނުގައެވެ. އަދި ނައްސިވީ ނަމަވެސް ފައްސިވާ މީހާ އެކަހެރި ކުރުމުގެ މުއްދަތު ހަމަވާތާ ފަސް ދުވަސް ފަހުން އަނެއްކާ އިތުރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ އެންޓިޖަން ސެލްފްކިޓް ބޭނުންކޮށްގެން ގޭގައި ކޮވިޑަށް ޓެސްޓް ކުރެވޭނީ ބަލީގެ އަލާމާތްތައް ހުރި މީހުން އެކަނި ކަމަށެވެ. މި ޓެސްޓުން ފައްސިވާ މީހުން ވެސް އަމަލުކުރަން ޖެހޭނީ މިއަދު ނެރުނު އައު ގަވާއިދުގައި އޮތް ގޮތަށެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ހުރިހާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ނަމައެވެ. އަދި ދެ ވަނަ ޑޯޒް ޖަހައި، ހަ މަސް ފާއިތު ނުވާ ނަމަ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މި ޓެސްޓް ހަދާ މީހުންނަށް ކަރަންޓީނު ޑޮކިއުމެންޓް ދޫކުރާނީ ކޮވިޑް ޓެސްޓް ހަދަން ރަޖިސްޓާކޮށްފައިވާ ލެބެއްގައި ޓެސްޓް ހެދުމުން އެކަނި ކަމަށް އެޗްޕީއޭއިން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް