Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އައިޖީއެމްއެޗް ތެރޭ އަޑުގަދަކޮށް ފުލުހުންނަށް ހުރަސް އެޅިސް މީހަކު ހައްޔަރުކޮށްފި

އައިޖީއެމްއެޗް ތެރޭ އަޑުގަދަކޮށް ފުލުހުންނަށް ހުރަސް އެޅިސް މީހަކު ހައްޔަރުކޮށްފި

އައިޖީއެމް ހޮސްޕިޓަލުގެ ތެރޭގައި އަޑުގަދަކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެކަމެއް އިއްޔެ ހިނގިއިރު، އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައި އެ މީހާ އަށް ތުހުމަތުކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.

Advertisement
HDC — Sidebar (box)

އައިޖީއެމްއެޗް ތެރޭގައި އަޑުގަދަނުކުރުމަށް ފުލުހުން އޭނާ އަށް ނަސޭހަތްތެރިވެފައި ވަނިކޮށް ހޮސްޕިޓަލަށް ގޮސް އަޑުގަދަކޮށް ހަޑިހުތުރު ބަހުން އެއްޗެހިކިޔާ އާންމުންނާ ދިމާލަށްވެސް އެ މީހާ ހަޑިއެއްޗެހި ކިޔާފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

ކޯޓު އަމުރުގައި އިތުރަށް ބުނީ އެ ސަރަހައްދުން ދިޔުމަށް ފުލުހުން އެންގުމުންވެސް ސަރަހައްދުން ނުގޮސް ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ހައްޔަރާއި ބަންދު ލޮގް އޮތް އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސް ޖަހާފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް