Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސޯމާލިއާ މީހުން ރާއްޖެ ސަރަހައްދަށް އައި ގޮތް ބަލަނީ

ސޯމާލިއާ  މީހުން ރާއްޖެ ސަރަހައްދަށް އައި ގޮތް ބަލަނީ

ފުވައްމުލަކު ބޭރުން ސޯމާލިއާގެ 3 މީހުންނާއެކު އިއްޔެ ހިފެހެއްޓި ޑިންގީ ރާއްޖެ ސަރަހައްދަށް އައި ގޮތް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކަނޑުމަތިން ބެހިގެން އައި ބަޔަކު ފުވައްމުލަށް ކައިރިން އެމްއެންޑީއެފުން އިއްްޔެ ހިފަހައްޓާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވި އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން ހިފަހައްޓާފައިވަނީ ނޫ ކުލައިގެ ކުޑަ ކުޑަ ޑިންގީ އެކެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ، އެ ޑިންގީ ހިފަހައްޓާފައިވަނީ ފުވައްމުލަކު ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެ ޑިންގީ ހިފަހައްޓާފައިވަނީ ޝައްކު ވެގެން ކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑްގެ ޓީމު އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެއީ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" އެއްކަން އެނގުނު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ ޑިންގީގައި ތިބި ސޯމާލިއާގެ 3 މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

"އެމީހުން ރާއްޖެ ސަރަހައްދަށް އައި ގޮތް ދެނެގަތުމަށް ތަހުގީގުގެ ތެރެއިން ދަނީ މަސައްކަތް ކުރަމުން،" ފުލުހުން ބުންޏެވެ.

އެ މީހުންނާ ގުޅިގެން ކަމާއި ގުޅުންހުރި އިދާރާތަކަށް މައުލޫމާތު ހިއްސާކޮށް، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް