ބަންގްލަދޭޝް މިނިސްޓްރީން ފޮނުވި ނޯޓް ވާބަލް ލިބިފައިވާކަން އިންޑިއާ ކަށަވަރުކޮށްދީފި
ބަންގްލަދޭޝްގެ ބޭރު މިނިސްޓްރީން ފޮނުވާފައިވާ ނޯޓް ވާބަލްއެއް ލިބިފައިވާކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ) އިން ކަށަވަރުކޮށްދީފި އެވެ.
އެ މިނިސްޓްރީން ބުނީ މި ނޯޓް ވާބާލްއަކީ ބަންގްލަދޭޝްގެ ބަޔަކު އެކްސްޓްރަޑައިޓް ކުރުމަށް އެދި ފޮނުވާފައިވާ ލިޔުމެއް ކަމަށެވެ.
އެމްއީއޭގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ ބަންގްލަދޭޝްގެ ފަރާތުން ނޯޓް ވާބާލްއެއް ލިބިފައިވާކަން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި މި މައްސަލަ ކަމާބެހޭ އިދާރާތްތަކުން ބަލަމުންދާކަމަށްވެސް އަރިންދަމް ބަގްޗީ ވިދާޅުވި އެވެ.
އެމްއީއޭއިން މިކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެކްސްޓްރަޑައިޓް ކުރަން އެދިފައިވާ ފަރާތްތަކުގެ މައުލޫމާތުވެސް އެމްއީއޭއިން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ބޭރު މިނިސްޓްރީން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.
ނަމަވެސް ބަންގްލަދޭޝްގެ ގިނަ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ މި އެކްސްޓްރަޑިޝަން ރިކުއެސްޓަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ ދެ ދަރިކަލުން އެކްސްޓްރަޑައިޓް ކުރުމަށް އެދި ފޮނުވާފައިވާ ރިކުއެސްޓެއް ކަމަށެވެ.
މި މައްސަލައަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކުރާނެ މައްސަލައެއްކަމަށް ސިޔާސީ މެންބަރުންދެކޭ ކަމަށްވެސް މީޑިއާތަކުގައި ހާމަކޮށްފައި ވެއެވެ. އަދި މި މައްސަލައިގައި އިންޑިއާއިން ނިންމާ ނިންމުމަކީ ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށްވެސް މީޑިއާތަކުން ފާހަގަކޮށްފައި ވެއެވެ.