Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަގުމަތިން ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

މަގުމަތިން ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

މާލޭ މަގުމަތިން ބަނގުރަލާ އެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންގޮސްފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ޑްރަގް އެންފޯސް ޑިޕާޓްމެންޓު (ޑީއީޑީ) އާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިރޭ މާލޭ މަޖީދީމަގުން މީހަކު ހުއްޓުވައި ބަލައިފާސްކޮށް ބަނގުރަލާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ ގައްދޫ، ރެޑްމާގެ، މުހައްމަދު އަޒުހަމް ސައީދު (33އ) ކަމަށެވެ.

Advertisement
Allied Insurance — Square (box)

އަޒުހަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޭނާގެ ސައިކަލު ބަލައި ފާސްކުރިއިރު 3 ފުޅި ބަނގުރާ ފެނުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް