ޚަބަރު

400 މިލިއަން ރުފިޔާ ދައުރުވުން: ކަސްޓަމްސް އޮފިސަރެއްގެ ރިޓަޔަމަންޓް ހުއްޓުވައިފި

. ، ދެން އޮންލައިން
މޯލްޑިވްސް ކަސްޓަމްސް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މޯލްޑިވްސް ކަސްޓަމްްސް ސާވީސްގެ އޮފިސަރުންތަކެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވާއިރު, އެ މައްސަލާގައި ހިމެނޭ އޮފިސަރެއްގެ ރިޓަޔަމެންޓް މަޑުޖައްސާލާފައިވާ ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

Ads by Sosun Fihaara

ކަސްޓަމްސްގެ މުވައްޒަފުންތަކަކަށް ތުހުމަތު ކުރެވޭ މަނީލޯންޑަރިން، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފަ އެވެ.

އެކަމެއް ފެންމަތިވި ފަހުން އެ މައްސަލާގައި ހިމެނޭ، އޮފިސަރަކު ރިޓަޔާކޮށްފައިވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ.

"މައްސަލަ ބަލަން ފެށުމާއެކު އޮފިސަރެއްގެ ރިޓަޔަމަންޓް އޮތީ ހޯލްޑުކޮށްފައި" ހޯމްލޭންޑް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު "ދެން" އަށް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުން 400 މިލިއަން ރުފިޔާ ދައުރުކޮށްފައިވަނީ ކަސްޓަމްސްގެ 10 އޮފިސަރެއްގެ އެކައުންޓުގަ އެވެ. އޭގެ ތެރެއިން މި ވަގުތު ތަހުގީގުކުރަމުން ދަނީ 3 އޮފިސަރެއްގެ މައްސަލަ ކަމަށް އިތުބާރު ހުރި މަސްދަރަކުން ދެން އަށް މައުލޫމާތު ދީފައިވެ އެވެ.

"އެ އަދަދު [400 މިލިއަން] އެ އޮފިސަރުންނާ އެމީހުންގެ އަމިއްލަ އެކައުންޓާ އާއިލީ ވިޔަފާރިތަކާ ގުޅިފައިވާ އެކައުންޓުތަކުގެ ކްރެޑިޓް އެކައުންޓާ, ޑެބިޓް އެކައުންޓުގައި ދައުރުކޮށްފައިވާ ފައިސާ. އެ އެންމެންނާ އެއްކޮށް ޖުމުލަ 20 މީހެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުވެފައިވޭ" ނަން ހާމަނުކުރަން ޝަރުތުކޮށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި ނޫހަށް އެނގިފައިވާ ގޮތުން އޭގެ ތެރެއިން ގިނަ އޮފިސަރުންނަކީ ކާގޯ ކްލިއަރެންސްއާ ލޮޖިސްޓިކްގެ ވިޔަފާރީގެ އިތުރުން ކެފޭ/ރެސްޓޯރެންޓް ވިޔަފާރީގައި އުޅޭ މީހުންނެވެ.

އެ މައްސަލައިގެ މައުލޫމާތު ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އާ ހިއްސާކޮށްފަ އެވެ.

Ads by Ooredoo
  1. އަލަމާ

    މިނިސްޓަރަށް ލިބިގެންވާ ބާރެއްތޯ މުވައްޒަފުންގެ ރިޓަޔަރމެންޓް ހިފެހެއްޓުން މައްސަލައެއްގެ ތުހުމަތު ކުރެވުމުން. އަޅެ ރިފްގާ ގެ ޖަވާބެއް ހޯދަބަލަ