Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕީއެންސީގެ އެސްޖީ އަކަށް މުއާޒް އައްޔަންކޮށްފި

ޕީއެންސީގެ އެސްޖީ އަކަށް މުއާޒް އައްޔަންކޮށްފި

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކެޓްރީ ޖެނެރަލްއަކަށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމް އައްޔަންކޮށްފި އެވެ.

ޕީއެންސީގެ އެސްޖީގެ މަގާމަށް މުއާޒު އައްޔަންކުރީ އިއްޔެ އެވެ. މުއާޒު ވަނީ "ދެން" އަށް އެކަން ޔަގީންކޮށްދީފަ އެވެ.

މުއާޒު، އެސްޖީއަކަށް އައްޔަންކޮށްފައިވާއިރު އެ މަގާމު އަދާކުރައްވަމުން ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގެ ކުރީގެ ސީއީއޯ ޒިނާޒު އަދުނާން އެވެ.

Advertisement
Allied Insurance — Square (box)

ޕީއެންސީގެ ބައެއް މަސްދަތުރުތަކުން "ދެން" އަށް މައުލޫމާތު ދިން ގޮތުގައި މުއާޒު އެސްޖީއަކަށް ހަމަޖެއްސީ ޒިނާޒު އެ މަގާމުން ވަކިކުރުމުންނެވެ. ފޯނަށް ޖަވާބު ނުދޭތީ ޒިނާޒުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ޕީއެންސީގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި ޕާޓީގެ އެސްޖީގެ މަގާމަށް މީހަކު އައްޔަންކުރަނީ ޕާޓީގެ މެންބަރުންގެ މަޖިލީހުންނެވެ. އަދި ސެކްރެޓަރީ ޖެނެރަލް އަކީ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ފުރަތަމަ މެންބަރެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް