ދުނިޔެ

މާސްކު ނާޅާ އުޅުނު އިންޑޮނޭޝިއާ ގެ ރައްޔިތުންތަކަކަށް އަދަބެއްގެ ގޮތުގައި ޖެއްސީ މަރުވާ މީހުން ވަޅުލާން ވަޅުކޮންނަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖަކާޓާ، އިންޑޮނޭޝިއާ: ކޮވިޑުގެ ހާލަތާއި ގުޅިގެން އިންޑޮނޭޝިއާގެ އަވަށެެއްގައި އުޅުނު ރައްޔިތުންތަކެއް މާސްކު ނާޅާ އުޅުމުން، އަދަބެއްގެ ގޮތުގައި އެމީހުންނާއި ޖެއްސީ ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލާން ވަޅު ކޮންނާށެވެ.

Ads by Sosun Fihaara

އިންޑޮނޭޝިއާ ސަރުކާރުން މިފަދައިން އެމީހުންނަށް އަދަބުދިނީ ކޮވިޑްގެ ނުރައްކާތެރިކަން އެމީހުންނަށް ވިސްނި، މިއީ ފުރާނައަށް ގެއްލުންވާފަދަ ބައްޔެއްކަން އެމީހުންނަށް ވިސްނި ރައްކާތެރިވޭތޯ ކަމަށް ރިޕޯޓު ތަކުން ބުނެފައިވެއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މި އާދަޔާ ޚިލާފު އަދަބު ދީފައިވަނީ މެދުއުމުރު ފުރައިގެ ތިން މީހަކަށާއި ޝަރުޢީ ގޮތުން އަދި ބޮޑުނުވާ ފަސް ކުއްޖަކަށެވެ. މިމީހުންނަށް އިންޑޮނޭޝިއާ ސަރުކާރުން މިއަދަބު ދީފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގައެވެ.

ކޮވިޑުން ރައްކާތެރިވުމަށްޓަކައި އިންޑޮނޭޝިއާ ގައި ވެސް ބޭރުގައި އުޅޭއިރު މާސްކު އަޅަން ވަނީ އަންގާފައެވެ. ނަމަވެސް ބައެއް ރައްޔިތުން ވަނީ އެކަމަށް ދެކޮޅުހަދާ، އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ވެސް ދެކޮޅު ހަދާފައެވެ.

ްްެއެޤައުމުގެ ސިއްޙަތާއި ބެހޭ މާހިރުން ބުނެފައިވާ ގޮތުގައި އިންޑޮނޭޝިއާ ގައި ކޮވިޑް ކޮންޓްރޯލް ނުކުރެވި ގިނަ ދުވަސް މިވަނީ ގިނަ ރައްޔިތުން ސަރުކާރުގެ އެންގުންތަކާއި ޚިލާފުވަމުން ދިޔުމުގެ ސަބަބުންނެވެ.

އިންޑޮނޭޝިއާ ގައި މިހާތަނަށް މިބައްޔަށް ފައްސިވީ މީހުންގެ އަދަދު މިހާރު ވަނީ 230،000 އަށް އަރާފައެވެ.

ބަލިން ފަސޭހަވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 160،000 އަށް އަރާފައިވާއިރު މިހާތަނަށް 9،100 މީހުން އެގައުމުން މިބަލީގައި ނިޔާވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!