Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ޑިޖިޓަލައިޒޭޝަންގެ ތެރެއިން އެސްޓޯނިއާއިން ސިއްހީ ދާއިރާ ކުރިއަރުވާ ގޮތް ހިއްސާކޮށްފި

ޑިޖިޓަލައިޒޭޝަންގެ ތެރެއިން އެސްޓޯނިއާއިން ސިއްހީ ދާއިރާ ކުރިއަރުވާ ގޮތް ހިއްސާކޮށްފި

އެސްޓޯނިއާއިން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު އެކިއެކި މައުލޫމާތާއި އިލްމު ހިއްސާކޮށްފި އެވެ.

އެ މައުލޫމާތު ހިއްސާކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އެ ގައުމުގެ ހެލްތު މިނިސްޓަރު، ރީނާ ސިކުޓް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

އެ ބައްދަލުކުރެއްވުން މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ އެސްޓޯނިއާއިން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު އެކިއެކި މައުލޫމާތާއި އިލްމު ހިއްސާކުރުމަށެވެ.

Advertisement
Allied Insurance — Square (box)

އެސްޓޯނިއާގެ ހެލްތު މިނިސްޓަރު ވަނީ އެ ބަދަލުގެ ތެރެއިން އެ ގައުމުގެ ރައްޔިތުންނަށް ލިބެމުންދާ މުހިންމު ފައިދާތަކުގެ ތެރޭގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ހިދުމަތް ހޯދުމަށް ފަސޭހަވެފައިވާކަން ފާހަގަކުރައްވާފަ އެވެ. އެކަމުގެ ސަބަބުން ސިއްހީ ދާއިރާގެ އެކިއެކި ގޮންޖެހުންތަކާއި އެ ކަންކަމަށް ހޯދެމުންދާ ހައްލުތަކުގެ މައުލޫމާތު ހިއްސާކުރެއްވި އެވެ.

ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެސްޓޯނިއާގެ ތަޖުރިބާ އާއި ތަންފީޒުކޮށްފައިވާ ކާމިޔާބު އުކުޅުތަކުން އިބްރަތް ހާސިލުކޮށް، ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އަދި ވަކިވަކިން ދުރުގައި ހުންނަ ރަށްތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި، އެއް ހަމައެއްގައި މަތީ ފެންވަރުގައި ސިއްހީ ހިދުމަތް ދިނުމަށް ހުރި ފަރަގުތައް ޑިޖިޓަލައިޒޭޝަންގެ ތެރެއިން ނައްތާލެވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

އެ ބައްދަލުވުން ނިންމަވާލައްވާފައި ވަނީ އެސްޓޯނިއާ އާއި ރާއްޖެއިން ސިއްހީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ އުންމީދު އާކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް