Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މޮރޮކޯގައި ތަގުރީރު ކުރެއްވުމަށް ޝަހީމަށް ދައުވަތު ދީފި

މޮރޮކޯގައި ތަގުރީރު ކުރެއްވުމަށް ޝަހީމަށް ދައުވަތު ދީފި

ކުރިއަށް އޮތް ރޯދަ މަހު މޮރޮކޯގައި ދީނީ ތަގުރީރެއް ދެއްވުމަށް އިސްލާާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދައުވަތު އަރުވައިފި އެވެ.

މޮރޮކޯގެ ސަރުކާރުން ފޮނުވި އެ ދައުވަތުގެ ލިޔުން ޝަހީމްއާ ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެސިޑެންޓް އެމްބެސެޑަރު މުހައްމަދު މަލިކީ އެވެ.

އިއްޔެ ބޭއްވި އެ ބައްދަލުކުރެއްވުމުގައި ޝަހީމް ވަނީ މޮރޮކޯގެ އެމްބެސެޑަރު އެމަނިކުފާނާ ބައްދަލުކުރެއްވި ކަމަށް ޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާާއްޖެ އާއި މޮރޮކޯ އާ ގުޅިގެން ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

Advertisement
Ooredoo — Square (box)

އޭގެ އިތުރުން ރާއްޖޭގެ އިމާމުން ތަމްރީން ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުއުލޫމާތު މޮރޮކޯގެ އެމްބެސެޑަރަށް އަރުވައި، އެ ގައުމުން އިމާމުން ތަމްރީން ކުރުމަށް ހުރި އެކި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

ރޯދަ މަސް އިހުޔާކޮށް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދާ 'ހަސަނީ ފިލާވަޅު' އަކީ މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަގެ ބެއްލެވުމުގެ ދަށުން ބާއްވާ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަތީ އިސްލާމީ ހަރަކާތެވެ.

އެ ހަަރަކާތުގެ ތެރެއިން ބާއްވާ ސެޝަންތަކަކީ އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިލްމުވެރިން ބައިވެރިވެ، ދީނީ އަދި ފިކުރީ މައުލޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާ، ސެޝަންތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް