Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ވިޔަފާރި

އެލައިޑަށް 40 އަހަރު؛ ޑިސްކައުންޓް އޮފާތަކާ އެކު ގިނަ ހަރަކާތްތަކެއް

އެލައިޑަށް 40 އަހަރު؛ ޑިސްކައުންޓް އޮފާތަކާ އެކު ގިނަ ހަރަކާތްތަކެއް
ރާއްޖޭގެ ލީޑިން އިންޝުއަރާ؛ އެލައިޑް އިންޝުއަރަންސްގެ 40 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަން ފަށައިފި އެވެ. ކުންފުނީގެ އަހަރީ ދުވަސް ފަށާފައިވަނީ ސަލްޓަން ޕާކުގައި މުވައްޒަފުންނާއި އެކު ބޭއްވި ހާއްސަ ނާސްތާ އަދި ކޭކް ފެޅުމުގެ ރަސްމިއްޔާތަކުންނެވެ. އެއަށް ފަހު އެލައިޑް ކޯޕަރޭޓް އޮފީހުގައި ބޭއްވި އެނިވާސަރީ ޕްރެސް ކޮންފަރެންސްގައި ވަނީ މުނާސަބަތާއި ގުޅިގެން ކުރިއަށްދާ ހަރަކާތްތަކާއި ބެހޭ މައުލޫމާތު ހިއްސާކޮށް ހާއްސަ އޮފާތަކެއް އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި:
  • މި އަހަރު ނަގާ ކޮންމެ ލައިފް އެންޑް ފެމެލީ ޕްލޭނެއްގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ އޮފާއެއް ހިންގުން
  • ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ފެބުރުއަރީ، މާޗް އަދި އޭޕްރިލް މަހު ނަގާ ކަމަނަ ޕްލޭންތަކުގެ ފުރަތަމަ މަހުގެ ޕޭމަންޓުން 100 ޕަސެންޓް ޑިސްކައުންޓް ލިބޭ އޮފާއެއް
  • އާންމުން އިންޝުއަރަންސްގެ ރައްކާތެރިކަށް އަހުލުވެރިކުރުމުގެ ގޮތުން އާ އެޑް ސީރީޒެއް އިފްތިތާހުކުރުން
  • އެލައިޑުގެ ޓޮޕް ބްރޯކަރުންނާއި އޭޖެންޓުން އަދި ޓޮޕް ކްލައިންޓްސްގެ މަސައްކަތް އަގުވަޒަންކޮށް ޕްލާކް އަދި ކޭކް ހަވާލުކުރުން
  • އެލައިޑްގެ އެނިވާސަރީ ދުވަހު އުފަން ދުވަސް ފާހަގަކުރާ ފަރާތްތަކުގެ ތެރެއިން ކުންފުނީގެ އޮފީހަށް އަންނަ ފުރަތަމަ 40 ފަރާތަށް ހަދިޔާ ދިނުން
  • އެލައިޑް ފްރަންޓް އޮފީސް ކުރިމަތީގައާއި ހުޅުމާލެ އަދި އައްޑޫ ހިމެނޭ ގޮތަށް ކަސްޓަމަރުންނަށް ކަޕް ކޭކް ބެހުން
  • މޯލްޑިވްސް ޕޮލިސް ސާވިސްއާއި އެކު "ރައްކާ 2025" އެއްބަސްވުމުގައި ސޮއިކުރުން
  • މަގުމަތީގެ ގަވައިދުތަކަށް އަމަލުކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެކު "ގުޑް ސިޓިޒަން ޕްރޮގްރާމް، އެލައިޑް އެނިވާސަރީ އެޑިޝަން" ބްރިޖް ސަރަހައްދުގައި ކުރިއަށް ގެންދިއުން
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ލުވެއިޒް ވަނީ އެލައިޑް އިންޝުއަރަންސްގެ 40 އަހަރުގެ ތާރީހުގައި ކުންފުންޏަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވާފައިވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އާ އިޖާދީ ވިސްނުންތަކާ އެކު، ރައްޔިތުންގެ ރައްކާތެރިކަން އިސްކުރާ ބައިވެރިއެއްގެ ގޮތުގައި ދެމިހުންނާނެކަމުގެ ޔަގީންކަން ލުވެއިޒްގެ ވާހަކައިގައި ވަނީ ދެއްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް