މި ނުކުތީ ރައީސް ވިދާޅުވި ގޮތަށް ސީރިއަސް ވީމަ: މައުރޫފް
އިދިކޮޅު އެމްޑީޕީން މިރޭ ފަށައިގެން ކުރިއަށް ގެންދާ އެއްވުމަށް އެ ޕާޓީން ނުކުމެ ތިބީ ރައީސް މުހައްމަދު މުއިއްޒު ދެއްވާ އިރުޝާދާ އެއް ގޮތަށް ސީރިއަސްވާން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީ މިހާރު ނުހިނގާ ކަމަށް ބުނެ "ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި އާޓީފިޝަލް ބީޗުން ފެށި އެ ހިނގާލުމުގައި މައުރޫފް ވަނީ މިއީ ކުރާނެ ކަމެއް ނެތިގެން ކުރިއަށް ގެންދާ ހިނގާލުމެއްގެ ގޮތުގައި ރަޢީސް ޑރ. މުހައްމަދު މުއިއްޒު ދެކެވަޑައިނުގަތުމަށް ގޮވާލައްވައިފަ އެވެ.
"މިއީ މަޖާ ކަމެއް ނޫން. މިއީ ސީރިއަސް ކަމެއް. ރައްޔިތުން މަގުމައްޗަށް ނިކުންނަނީ ސީރިއަސް ވީމާ. އަނބިދަރިން ދޫކޮށް ނުކުމެ މިތިބީ ސީިރިއަސް ވީމާ. އާދައިގެކަމެއްގެ ގޮތުގައި މިކަން ނުނަގާތި. އަޅުގަނޑުމެން މިތިބީ ރުޅިއައިސްފައި. ސަމާސާއަކަށް ނުނަގާތި. ރުޅި އައިމަ ކިހިނެއްތޯ ވާާނީ. ނުކުމެ ވެރިކަން ވައްޓާލާނޫ" ހިނގާލުމުގެ ތެރެއިން ތެރެއިން އެ އެއްވުމުގައި ބައިވެރިވި މީހުންނާ މުހާތަބުކުރައްވާ މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ރައްދު ދެއްވީ ނިމިގެން ދިޔަ ހަފްތާގައި ރައީސް މުއިއްޒު ހއ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ދަތުރުތަކަކީ ބޭކާރު ދަތުރުތަކެއްގެ ގޮތުގައި އިދިކޮޅުން ފާޑުކިޔާތީ ރައްދުދެއްވައި ދެއްކެވި ވާހަކައަށެވެ. . އަދި އެ ދަރުފުޅުތަކަކީ ސީރިއަސް ދަތުރުފުޅުތަކެއް ކަމާއި، އިދިކޮޅު ފަރާތްތަކުން ވެސް ސީރިއަސް ވާން
"ސީރިޔަސް ވަގުތުތަކެއް ހޭދަކުރަނީ ރަށުގެ ތަރައްގީއަށްޓަކައި ކަންކަން ކުރުމުގައި" ރައީސް ވިދާޅުވި އެވެ.
ރައީސް ސިފަކުރެއްވި ގޮތުގައި ރައްޔިތުންނާއެކު ބޭއްވޭ ބައްދަލުވުންތަކަކީ ''ސީރިޔަސް'' މަސައްކަތްތަކެއް ހިނގާ ބައްދަލުވުންތަކެވެ. އަދި އެއީ މަސައްކަތު ބައްދަލުވުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.