Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ވިޔަފާރި

ރާއްޖެ ނަމޫނާއަކަށް ބަލައި ގްރީސްގައި ސީ ޕްލޭންގެ ޚިދުމަތް ދޭން ފަށަނީ

ރާއްޖެ ނަމޫނާއަކަށް ބަލައި ގްރީސްގައި ސީ ޕްލޭންގެ ޚިދުމަތް ދޭން ފަށަނީ

ގްރީސްގައި އޮންނަ ޖަޒީރާ ރަށްތަކަށް ޓޫރިޒަމް ފުޅާ ކުރުމުގެ ގޮތުން، އެ ޤައުމުގައި ސީ ޕްލޭންގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

ޔޫރަޕްގެ އެންމެ މަޤްބޫލު އެއް މަންޒިލް ކަމަށްވާ ގްރީސްއަށް، ސީ ޕްލޭންގެ ޚިދުމަތް އަލުން ފަށަން ތައްޔާރުވަމުން އަންނަނީ ގްރެޝިއަން އެއާއިންނެވެ.

"ގްރީސްގައި އެތައް ސަކޭތަ ރަށެއް އެބަހުރި ޓޫރިޒަމް ނެތް. އެހެން ދިމާވަނީ އެ ރަށްރަަށް ދާން އުނދަގޫ ވާތީ، ސީ ޕްލޭނާ އެކު މިކަން ފަސޭހަވެގެން ދާނެ." ގްރެޝިއަން އެއާއިން ބޭރުގެ ނޫހަކަށް ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

ގްރީސްއިން 1920ގެ އަހަރުތަކުގައި ސީ ޕްލޭންގެ ޚިދުމަތް ދޭން ފެށިއެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައާ އެކު އެ ޚިދުމަތް ވަނީ ހުއްޓައިލައިފައެވެ. އޭގެ ފަހުން 2000ވަނަ އަހަރު ސީ ޕްލޭންގެ ޚިދުމަތް ދޭން އެ ޤައުމުގައި މަސައްކަތް ކުރި ނަމަވެސް މާލީ އަޑިއެޅުންތަކުގެ ސަބަބުން، އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

3,000 ރަށުގެ މައްޗަށް އެކުލެވޭ ގްރީސްގައި ސީ ޕްލޭންގެ ޚިދުމަތް ދޭން ވިސްނަމުން އަންނަނީ ރާއްޖެ ނަމޫނާއަކަށް ބަލައިގެން ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް