ޚަބަރު

ސަމާލުވޭ! ކޮވިޑަށް ފައްސި ކަމަށްބުނެ އެޗްޕީއޭ ގެ ނަމުގައި ދޮގު މެސެޖުތަކެއް އެބަކުރޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ނަމުގައި ހަގީގަތާއި ޚިލާފު މެސެޖުތަކެއް ދާކަން ފާހަގަ ކުރެވޭ ކަމަށް އެޗްއީއޯސީ ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެގޮތަށް ބައެއް ފަރާތްތަކަށްދާ މެސެޖުތަކަކީ އެޗްޕީއޭގެ ފަރާތުންދާ މެސެޖުތަކެއް ނޫން ކަމުގައެވެ.

"އެއްވެސް ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވް ވެގެން އެޗްޕީއޭ އަކުން މެސެޖެއް ނުކުރާނެ. އެސްއެމްއެސް އެއް ނުދާނެ ޕޮޒިޓިވް ވެގެނެއް. އެގޮތަށް މެސެޖެއް ގޮސްފިއްޔާ އެއީ ރަނގަޅު މެސެޖެއް ނޫން." ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް ފައްސި ވެއްޖެނަމަ އައިޖީއެމްއެޗް ގެ ސީމެޓްގެ ޓީމުން އެފަރާތަކަށް ގުޅާފައި، ބައްޔަށް ފައްސިކަން އަންގާނެ ކަމަށެވެ. އަދި އޭގެ ފަހުން އެޗްއީއޯސީ ގެ ފަރާތުން ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް އެމީހަކަށް ގުޅާނެ ކަމަށެވެ.އޭގެ އިތުރުން ފެސިލިޓީތަކަށް ގެންދިޔުމަށް ވެސް ގުޅާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!