ޚަބަރު

ވޯލްޑް ގަވާމަންޓް ސަމިޓަށް ނައިބު ރައިސް ޔޫއޭއީއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް--

ޔޫއޭއީގައި ބާއްވާ "ވޯލްޑް ގަވާމަންޓް ސަމިޓް 2025"ގައި ބައިވެރިވެވަަޑައިގަތުމަށްޓަކައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެ ގައުމަށް މިއަދު ފުރާވަޑައިގެންފި އެވެ.

Ads by STELCO

މިއީ ސަރަހައްދީ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ ސަމިޓެކެވެ.

މި މަހުގެ 11 އިން 13އަށް ބާއްވަން ހަމަޖެހިފައިވާ އެ ސަމިޓުގައި މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ނާއިބު ތަގުރީރުކުރައްވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ސަމިޓްގެ ބައެއް ބައިވެރިންނާއެކު އެމަނިކުފާނު ބައްދަލުވުންތަކެއް ބާއްވަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި އަހަރުގެ ސަމިޓްގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ "ޝޭޕިން ފިއުޗާ ގަވަމަންޓްސް" އެވެ.

މިިދިޔަ އަހަރު ބޭއްވި ވޯލްޑް ގަވާމަންޓް ސަމިޓްގައި ރަޢީސް ޑރ.  މުހައްމަދު މުއިއްޒުވެސް ބައިވެރިވެލެއްވި އެވެ. އެ ސަމިޓުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ކުރިމަގުގެ ތަސައްވުރާއި، އެ ތަސައްވުރުގައި ދެމެހެއްޓެނިވި ތަރައްގީގެ ދައުރާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.