މާފުށީ ޖަލުގައި ބިދޭސީ އަކު މަރުވެއްޖެ

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވީސް އިން ބުނީ މަރުވީ ނައިޖީރިއާގެ ރައްޔިތެއްކަމުގައިވާ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ (35 އ) ކަމަށެވެ. ކަރެކްޝަނުން ބުނީ މިއަދު ހަވީރު އިމޭނުއަލް ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުނު ކަމަށެވެ. ވެއްޓުމާއެކު ވަގުތުން އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، 4 މިނެޓްތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އިމޭނުއަލް މަރުވިކަމަށް ކަނޑައަޅާފައި ވަނީ 17:20 ހާއިރުގަ އެވެ. އޭނާ އަކީ ރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އަދި އޭނާ އަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާހޯދަމުން އަންނަ ފަރާތެއް ނޫން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އިމޭނުއަލް މަރުވުމާ ގުޅިގެން އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.



.jpeg?prefix=media)
ކޮމެންޓް