Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސިލްސިލާ މާރާމާރީތަކާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފި

ސިލްސިލާ މާރާމާރީތަކާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފި

މާލޭގައި މި ފަހުން ސިލްސިލާ މާރާމާރީތައް ހިންގަމުންދާ މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު އާއްމުކޮށްފައިވާ ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ 18 އަހަރުގެ މީހަކާ، 26 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ.

އެ އެންމެންނަކީ މާރާމާރީ ރާވައި ހިންގުމުގައި އަމަލީގޮތުން ބައިވެރިވާ ފަރާތްތައް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

Advertisement
Allied — Dhen Online (box)

ހައްޔަރުކުރި މީހުން މާރާމާރީ ހިންގަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ހިފައިގެން ކަމަށާއި، އޭގެ ސަބަބުން ކޮންމެ މީހަކަށްވެސް ބޮޑު އަނިޔާއެއް ވެދާނެ ކަމުގެ ބިރު ފުލުހުން ފާހަގަކޮށްފައިވާކަން ކޯޓު އަމުރުން އެނގެ އެވެ.

އެ ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 7 ދުވަސް ޖަހާފަ އެވެ.

މި ފަހުން ސިލްސިލާކޮށް ހިންގާ މާރާމާރީއާ ގުޅިގެން މާލޭގެ ގޭންގެއްގެ އިސް މީހަކު މެލޭޝިޔާއިން އައި ތަނުން އެއާޕޯޓުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް