Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިންސްޓޯލްމަންޓަށް ޓެކްސް ނުދައްކާ 21 ފަރާތެއްގެ ނަން ހާމަކޮށްފި

އިންސްޓޯލްމަންޓަށް ޓެކްސް ނުދައްކާ 21 ފަރާތެއްގެ ނަން ހާމަކޮށްފި

މޯލްޑިވްސް އިންލެންޑް ރެެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ދައްކާ ގޮތަށް ފުރުސަތު ދިނުމުންވެސް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން މިއަދު<a href="https://gazette.gov.mv/iulaan/328546"> އާންމުކޮށްފި</a> އެވެ.

މިރާއިން މިއަދު ސަރުކާރުގެ ގެޒެޓުގައި އާންމުކުރީ 50،000ރ އަށް ވުރެ މަތިން ފައިސާ މީރާއަކަށް ދައްކަން ޖެހި އެ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އެކަންޏެވެ.

އެގޮތުން އެފަދަ 21 ފަރާތެއްގެ ނަމާއި އެ މީހުންގެ ކުންުފުނީގެ ނަން މީރާއިން އާންމުކުރި އެވެ

Advertisement
Ooredoo — Truecaller (box)

އޭގެ ތެރޭގައި ސޮލޮނޮކްސް މޯލްޑިވްސް، ގައު ޕަން މޯލްޑިވްސް، ދިއްފުށި ވޯޓާ ސްޕޯޓްސް އަދި މިޓަކްސް ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.

ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މީރާއަށް ދައްކަން ޖެހޭ ފައިސާ ނުދެއްކޭ ފަރާތްތަކަށް  ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު މީގެ ކުރިން ވެސް މީރާއިން އެތައް ފަހަރަކު ދީފައިވެ އެވެ.

މީރާއަށް ދައްކަން ޖެހޭ ފައިސާގެ ތެރޭގައި ޓެކްސްގެ ފައިސާތަކާއި ކޯޓުގެ އެކި މައްސަލަތަކާ ގުޅިގެން ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ ވެސް ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް