ރޯދަ މަހު މާލެ ސަރަހައްދުގައި މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފި

ކުރިއަށް އޮތް ރޯދަ މަހު މާލެ ސަރަހައްދުގައި މުދާ އުފުލޭނެ ގަޑިތައް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ހާމަކުރީ ރޯދަ މަހަށް ސަރުކާރުން ވަމުން އަންނަ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރަން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުންނެވެ.
ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޕޮލިސީ އެންޑް ރިސާޗް ކޮންސަލްޓެންޓް ފާތިމަތު ނަޝްވާ ބަދީއު ވިދާޅުވީ އާންމުންނަށާއި ވިޔަފާރިތަކަށް ވެސް މުދާ ސަޕްލައި ކުރުމުގައި އުދަނގޫ ނުވާނެ ގޮތް ބަލައިގެން މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ގަޑިތައް ހަމަޖެއްސުމަށް މިިނިސްޓްރީ އޮފް ޓްރާންސްޕޯޓް އަދި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ގުޅުންހުރި އެހެން ފަރާތްތަކާ އެކު ވެސް މި ދަނީ މަޝްވަރާތައް ކުރަމުން،"މަޝްވަރާތަކުގެ ތެރެއިން ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލޭނެ ކަމަށް މިހާރަށް ކަނޑައަޅާފައިވާ ގަޑިތައް ހާމަކުރެއްވި އެވެ.






ކޮމެންޓް