ޚަބަރު

ރަސްފަންނު މަރާމާތަށް ވަގުތީ ގޮތުން ބަންދުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރަސްފަންނު ސަރަހައްދު؛ މި ތަން މަރާމާތު ކުރުމުގެ މަސައްކަތް ފަށަން ވަނީ ނިންމާފައި/ ފޮޓޯ: ތެޗް

މަރާމާތުގެ މަސައްކަތައް މާލޭގެ ރަސްފަންނު ސަރަހައްދު އާއްމުންނަށް ވަގުުތީ ގޮތުން ބަންދުކުރަން ނިންމައިފި އެވެ.

Ads by STELCO

ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން މިއަދު ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ، ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތަށް ބަންދަކުރަން ހަމަޖެހިފައިވަނީ މި ހަފްތާގެ ހޮނިހިރުން ފެށިގެން މި މަހުގެ 28 އަށް ކަމަށެވެ.

ރަސްފަންނު މަރާމާތުގެ މަސައްކަތަށް ބަންދުކުރަން ނިންމާފައިވާއިރު، ރަސްފަންނު ސަރަހައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދުގެ މޫދަށް އެރޭ ސަރަހައްދު ވަގުތީ ގޮތުން ވަނީ ބަންދުކޮށްފަ އެވެ.

ހޯމް ދުވަހު މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރަސްފަންނު އަލުން މަރާމާތުކޮށް ނިމޭއިރު ރަނގަޅު ފެންވަރެއްގައި އެތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތިވެގެން ދާނެ ކަމަށެވެ.

އަދި މަސައްކަތް ފަށާތާ ދެ ތިން މަސް ދުވަހުގެ ތެރޭގައި މަރާމާތުގެ ކަންކަން ނިމޭނެކަމުގެ ޔަގީންކަން ވެސް މޭޔަރު ދެއްވި އެވެ.

"އެކަމުގެ އުފާވެރި ހަބަރު ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދެން. މާލެ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއާލާ ދެނެގަނެ، އެ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަސްފަންނު މަރާމާތު ކުރުމަށް ފަހު ދެން އެ ތަން ވީރަނާވާންދެން ދޫކޮށް ނުލައްވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!