އިންޑިއަން ފިލްމް ފެސްޓިވަލް އިފްތިތާހުކޮށްފި

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "އިންޑިއަށް ފިލްމް ފެސްޓިވަލް" އިފްތިތާހުކޮށްފި އެވެ.
އިއްޔެ ހަވީރު ޝްވެކް ސިނަމާގައި ފެށި އެ ފިލްމު ފެސްޓިވަލް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
އެ ފެސްޓިވަލް ކުރިއަށް ގެންދާނީ މިއަދާއި އަންނަ ހަފްތާގެ ބުރުާސްފަތި އަދު ހުކުރު ދުވަހު އެވެ.
އެ ފިލްމު ފެސްޓިވަލްއަށް ހިލޭ ވަދެވޭ އިރު އިންޑިއާގެ އެކި ބަސް ބަހުން ހަދާ ފިލްމުތައް އަޅުވާނެ އެވެ.
އޭގެ ތެރޭގައި ތަމަޅަ، ޕަންޖާބީ، މަޅަޔާލަމް، ކަންނާޑާ، ހިންދީ ފިލްމުތައް ހިމެނެ އެވެ.
ފިލްމު ފެސްޓިވަލްގައި ދައްކާ ބައެއް ފިލްމުތައް
- އަކްޝީ (މިރޭ 07:00 )
- އިންގްލިޝް ވިންގްލިޝް (އަންނަ ބުރާސްފަތި ދުވަހު މެންދުރު 03:00 )
- ވިކްރަމް (އަންނަ ހުކުރު ދުވަހުގެ ރޭ 07:00 )
ދިވެހީންގެ ތެރޭގައި ހިންދީ ފިލްމުތަކުގެ މަގުބޫލުކަން ބޮޑު އިރު ފަހަކަށް އައިސް ބައެއް ތަމަޅަ ފިލްމުތައް ވެސް ދިވެހީންގެ މެދުގައި މަގުބޫލެވެ.
