މަސް ދަޅު ކޭސް ޓޯކަން ދޫކުރާ ޕޯޓަލް ޑައުންވެއްޖެ

މާލެ ސަރަހައްދުގައި މަސް ކޭސް ބަލައި ދިޔުމަށް ޓޯކެން ދޫކުރުމަށް ހެދި ޕޯޓަލް ޑައުންވެއްޖެ އެވެ.
އެ ޕޯޓަލް އިން 6 ޖެހިއިރު ޓޯކަން ދޫކުރަން ފަށާފައިވާއިރު މިހާރު 15 ވަރަކަށް މިނެޓަށް ޕޯޓަލް ޑައުންވި އެވެ.
އެކަމަކު މައްސަލަ މިހާރު ހައްލުކޮށް ޕޯޓަލަށް ވަދެވޭ އެވެ.
https://twitter.com/Adamshareefz/status/1893238691083993557
މާލެ ސަރަހައްދުން މަސްދަޅު ބެހުމަށް ހަމަޖެެއްސި ސަރަހައްދުތައް:
- މިފްކޯ ކޮމްޕްލެކްސް (މާފަންނު) -200 ޓޯކަން
- އެމްޓީސީސީ ސޯމިލް - 200 ޓޯކަން
- ހެންވޭރު ދަނޑު - 200 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 1 (50 ޓޯކަން)
- ގަލޮޅު ދަނޑު – ސެޓަޕް 2 (50 ޓޯކަން)
- ގަލޮޅު ދަނޑު – ސެޓަޕް 3 (50 ޓޯކަން)
- ގަލޮޅު ދަނޑު – ސެޓަޕް 4 (50 ޓޯކަން)
- ސޯޝަލް ސެންޓަރު ވިލިމާލެ - (100 ޓޯކަން)
- ވެމްކޯ ސައިޓް ހުޅުމާލެ - (100 ޓޯކަން)
- އުމަރު ޒާހިރު ބިލްޑިން/ ހުޅުމާލެ - (100 ޓޯކަން)
- ޕޮލްކޯ ޓަވާ (ސީ ބްލޮކް) (ހުޅުމާލެ) - (100 ޓޯކަން)
- ހިޔާ ޓަވަރު 10 (ހުޅުމާލެ) - (100 ޓޯކަން)
- ކާމިލްދީދި ޕްރީސްކޫލް - (100 ޓޯކަން)






ކޮމެންޓް