ރޯދަ މަހު ލޭ ލިބުން ދަތިވާތީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

ރޯދަ މަހު ލޭ ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.
އެމްޑަބްލިއުއެެސްސީގެ ކަސްޓަމާ ސާވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތް ފައްޓަވައި ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އާއި އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އެވެ.
މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތުގެ އެންމެ މުހިންމު މަގުސަދަކީ ރޯދަ މަހާ ދިމާކޮށް މޯލްޑިވްސް ބްލަޑް ސާވިސްއަށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިކަމަށް އެހީތެރިކަން ފޯރުވައ،ި ބޭނުންވާ ލޭގެ އެހ،ީ ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިއުއެެސްސީން ބުންޏެވެ.
އެ ހަރަކާތުގައި އެމްޑަބްލިއުއެސްސީގެ ސީނިއާ މެނޭޖްމަންޓްއާއި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުނ،ް މާލޭ ސިޓީ ކައުންސިލްގެ މޭޔާރ އާދަމް އާޒިމް އަދި ކައުންސިލުގެ މުވައްޒަފުންވެސް ވަނީ
ބައިވެރިވެފަ އެވެ.
އެ ޕްރޮގްރާމް ހިންގީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގައުމީ ލޭ ހަދިޔާކުރުމުގެ ކެމްޕޭންއަށް އެހީތެރިވުުގެ ގޮތުން ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.
