މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމުގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި އެވެ.
އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވާން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފަ އެވެ.
ހޯމް މިނިސްޓަރު އިހުސާން ޖަވާބުދާރީވެ ވަޑައިގަންނަވަމުން ދިޔައިރު، މީކާއިލް ގެންދެވީ ތަކުރާރުކޮށް ނިޒާމީ ނުކުތާ ނަންގަވަމުންނެވެ.
އޮންނަ އުސޫލުގެ ތެރެއިން ނިޒާމީ ނުކުތާ ނަންގަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެންދެވީ މީކާއިލް އަށް ނަސޭހަތްތެރިވަމުންނެވެ.
އެކަމަކު އެގޮތަށް އަމަލުނުކުރެއްވުމުން ރިޔާސަތުން ވަނީ މީކާއިލްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފަ އެވެ.
"އަޅުގަނޑު ތަކުރާރުކޮށް 3 ފަހަރު ނަސޭހަތް ދީފިން" އަބްދުއްރަހީމް ވިދާޅުވި އެވެ.
ނަން އިއްވުމުންވެސް ތަޅުން ދޫކުރައްވައި ވަޑައިގެންނެވުމުން މީކާއިލް ދެކޮޅު ހެެއްދެވުމުން އޭނާ ނެރުނީ މަޖިލީހުގެ ސެކިއުރިޓީ އޮފިސަރުން ބޭނުންކޮށްގެންނެވެ.
