ޚަބަރު

ހިޔާގެ ފްލެޓަކަށް ވަދެ ވަޅިން ބިރުދެއްްކި މީހަކު ހައްޔަރުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓެއްގެ އެޕާޓްމެންޓަކަށް ވަދެ ވަޅިން ބިރުދެއްކި މީހަކު ހައްޔަރުކޮށްފި އެވެ.

Ads by Hajj Corporation

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ވަޅިން ބިރުދައްކާ މާރާމާރި ހިންގަން އުޅުނު ކަމުގެ ރިޕޯޓު ލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 22:54 ހާއިރު ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ.މަރަދޫ، ފިޔާތޮށިގެ، މުހައްމަދު ލުބާން ގައްހާރު (26އ) ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން ލުބާން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖެހުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި މަހުގެ ތެރޭގައިވެސް ސިލްސިލާ މާރާމާރީގައި އެތަކެއް ބަޔަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވެ އެވެ.