Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދިއްފުއްޓަށް އެއް ދުވަހުން 296 މިލިމީޓަރުގެ ވާރޭ، މިއީ އާ ރެކޯޑެއް

ދިއްފުއްޓަށް އެއް ދުވަހުން 296 މިލިމީޓަރުގެ ވާރޭ، މިއީ އާ ރެކޯޑެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކ. ދިއްފުއްޓަށް ރެކޯޑް އަދަދަކަށް ވާރޭވެހިފައިވާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

ވެރިރަށް މާލެ ހިމެނޭހެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ކަހަލަ ގޮތަކަށް މޫސޫން ގޯހެވެ. މެޓުން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ދިއްފުއްޓަށް 296 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.

ދެވަނަ އަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުމާލެ އަށެވެ. ހުޅުމާލެ އަށް 185 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު ހުޅުލޭ އަށް 177 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

Advertisement
Allied Insurance — Square (box)

މެޓުން ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ދިއްފުއްޓަށް ވެހުނު ވާރެއަކީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ރަށަކަށް އެންމެ ގިނައިން ވާރޭވެހުނު ފަހަރެވެ. މީގެ ކުރިން އެ ރެކޯޑަށް ވާރޭވެހިފައިވަނީ 12 އޮގަސްޓު، 2024 ގައި ހއ. ކެލާ އެވެ. އެ ރަށަށް 231 މިލިމީޓަރުގެ ވާރޭވެހުނެވެ.
<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?height=476&amp;href=https%3A%2F%2Fwww.facebook.com%2Fahmed.zaeem.146%2Fvideos%2F643300171727402%2F&amp;show_text=false&amp;width=267&amp;t=0" width="267" height="476" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe>

އަދި 5 ޑިސެމްބަރު 2018 ގައި މާލެއަށް 228 މިލިމީޓަރުގެ ވާރޭ ރިކޯޑް ކުރެވިފައިވެ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފައިވެ އެވެ. ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މެންދުރު 13:30 އާ ހަމަޔަށް ހއ. އިން ބ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް