Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެސްޓީއޯއިން ކާށި ކިލޯއެއް 20 ރުފިޔާއަށް

އެސްޓީއޯއިން ކާށި ކިލޯއެއް 20 ރުފިޔާއަށް
ރޯދަމަހާ ގުޅިގެން އެސްޓީއޯއިން ކާށި ކިލޯއެއް 20 ރުފިޔާއަށް ވިއްކަން ފަށައިފި އެވެ. އެސްޓީއޯއިން ބުނީ ތާޒާ ކާށި މިހާރު އެ އަގުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބޭނެ ކަމަށެވެ. ރޯދައާ ދިމާކޮށް ކާށީގެ އަގު އުފުލުމުން އެސްޓީއޯއިން ދުރާލާ މިދިޔަ މަހުގެ މެދު ތެރޭގައި އިންޑިއާއިން ކާށި ޝިޕްމަންޓެއް ގެނެސް ކާއްޓެއް ފަސް ރުފިޔާއަށް ވެސް ވިއްކި އެވެ. އޭރު ބާޒާރުގައި ކާއްޓެެއްގެ އަގު ހުރީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދު އެވެ ރޯދައަށް އެސްޓީއޯއިން ވަނީ ދުރާލާ އަސާސި ކާބޯތަކެތީގެ އިތުރުން ތަރުކާރީއާއި މޭވާ އަދި ޕްރޮސެސްޑް ކާނާއާއި ކެއްކުމަށް ބޭނުންވާ ތަކެތިވެސް ރާއްޖެ ގެނެސްފަ އެވެ. ރޯދައާ ދިމާކޮށް 4 ކެޓެގެރީއެއްގެ ކާބޯތަކެތި އެސްޓީއޯއިން ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ. އޭގެ ތެރޭގައި
  • އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
  • ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
  • ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑާ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
  • ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް