Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ ހިދުމަތުގެ 89ވަނަ އަހަރީ ދުވަހާ ގުޅިގެން، މާލެއާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ ރޭ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ އެ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައެވެ.

މާލޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲއާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާއި، ޑެޕިއުޓީ ކޮމިޝަނަރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި ސިވިލް މުވައްޒަފުން ބައިވެރިވިއެވެ. ރަށްރަށުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުތަކުގައި އަތޮޅު ކޮމާންޑަރުންނާއި، އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އެ ރަށްރަށުގެ ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް