Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަޒްމިރާލްދާ އެދުނު ނަމަވެސް ޖޭއެސްސީން ނިންމީ އަޑުއެހުން ހުޅުވާނުލަން!

އަޒްމިރާލްދާ އެދުނު ނަމަވެސް ޖޭއެސްސީން ނިންމީ އަޑުއެހުން ހުޅުވާނުލަން!
ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އެ ކޮމިޝަނަށް ހާޒިރުކޮށްގެން ބާއްވާ އަޑުއެހުންތައް އާއްމުކޮށް ހުޅުވައިގެން ކުރިއަށް ނުގެންދަން މިއަދު ނިންމައިފި އެވެ. މަސާޖު ޕާލާއަކުން ފިރިކަލުން، އައިޖީއެމް ހޮސްޕިޓަލުގެ ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމުގައި އަޒްމިރާލްދާ ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެ މައްސަލާގައި މާދަމާ ޖޭއެސްސީއަށް ހާޒިރުވާން އަޒްމިރާލްދާ އަށް އަންގާފައިވާއިރު، ތަހުގީގުކުރާ ސުލޫކީ މައްސަލައިގެ ހުރިހާ އަޑުއެހުުންތަކެއް އާއްމުކޮށް ހުޅުވާލައިގެން ބާއްވައިދިނުމަށް އަޒްމިރާލްދާގެ ފަރާތުން ޖޭއެސްސީ ގައި މިއަދު އޮތީ އެދިފަ އެވެ. އެކަމަކު މިއަދު ކުރިއަށް ދިޔަ ބައްދަލުވުގައި ކޮމިޝަނުން ނިންމީ އަޒްމިރާލްދާ އެދުނު ގޮތަށް އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ނުގެންދިޔުމަށެވެ. އެކަން ޖޭއެސްސީގެ އިސް އޮފިޝަލަކު ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ. މީގެ ކުރިންވެސް ޖޭއެސްސީ އަށް ފަނޑިޔާރުން ހާޒިރުކޮށް ބެލި މައްސަލަތަކުގެ އަޑުއެހުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު މި މައްސަލައިގެ އަޑުއެހުން ހުޅުވާނުލަން ނިންމި ސަބަބެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ. އަޒްމިރާލްދާގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީން އެބަ ބަލަ އެވެ. އެއީ ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް، ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި މަޖިލީހެއް ގައި އަޒްމިރާލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލަ އެވެ. ޖޭއެސްސީން ބަލަމުންދާ މައްސަލައާ ގުޅިގެން ފަނޑިޔާރު މަހާޒު ވަނީ އެ ކޮމިޝަނަށް މިއަދު ޖަވާބުދާރީވެފަ އެވެ.

ސުޕްރީމް ކޯޓާއި އަނެއް ދެ ބާރާ ދެމެދު އުފެދިފައިވާ ނުވަތަނަވަސްކަން

މި ވީ ގޮތަކީ ރައްޔިތުންގެ މަޖިލީހުން ނުވަ ގަޑިއިރުގެ ތެރޭގައި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއްގެނައީ އެވެ. އޭގެ ތެރެއިން އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުމަކަށް ވީ، މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ހާލަތްތަކެއް ގާނޫނުއަސާސީގައި އިތުރު ކުރުމެވެ. އެއިން ވެސް ބޮޑު ކަންބޮޑުވުމެއް އުފެދުނު ކަމަކީ ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް އޮތުމެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އޭގެ ސަބަބުން ސިޔާސީ ޕާޓީގެ ސުލޫކު ކޮމިޓީއެއްގައި ތިބޭ މަދު ބަޔަކަށް މެންބަރުގެ ގޮނޑި ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބިފައި އޮންނާނެ ކަމަށެވެ. މި ކަންބޮޑުވުންތަކާއެކު، ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ދީފައި އޮންނަ ބާރުތަކުގެ މާއްދާތަކާއި ގާނޫނުއަސާސީއަށް މި އިތުރުކުރި މާއްދާތަކާ ފުށު އަރާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެއްދީ އެވެ. ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލަ ބަލަން ފެށުމުން ދައުލަތުން ވަނީ އެ މައްސަލަ ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދީފައި ނުވާ ކަމަށް ބުނެ އިއުތިރާޒެއް ފާހަގަކޮށްފަ އެވެ. ނަމަވެސް އެއާ މެދު ވަކި ގޮތެއް ނުނިންމައި މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމި އެވެ. އޭގެ ފަހުގައި މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ގޮތަށް އެ ކޯޓުގެ ފަނޑިޔާރުންގެ ޖުމުލަ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ބިލެއް ހުށަހެޅި އެވެ. ކޯޓުތަކުގެ ގާނޫނަށް އެ ބަދަލު ގެންނަން ފާސްކުރަން އޮތް ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅުން ފަސްކޮށްދިނުމާއި މެންބަރުންގެ ގޮނޑި ގެއްލޭ އާ އިޖުރާއަތަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރުތަކާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. އަޑުއެހުމުގެ ފެށުމުގެ ކުރިއަށް ފުރަތަމަ ކަމަކަށް މަޖިލީހުން ބިލު ފާސްކުރި އެވެ. ދެވަނަ ކަމަކަށް ޖޭއެސްސީގެ މެންބަރުން އެއްތަންކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ އެވެ. ޖޭއެސްސީން މި ފަނޑިޔާރުންގެ ވަކިވަކި ސުލޫކީ މައްސަލަތަކެއް ވެސް ބަލަމުން ދަނިކޮށް ސުއޫދު ފަނޑިޔާރު ވަނީ މަގާމުން މިއަދު އިސްތިއުފާ ވެސް ދެއްވައިފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް