މިއަދަށް ތާވަލުކުރި ނިހާންގެ ޝަރީޢަތުގެ އަޑުއެހުން ކެންސަލްކޮށްފި

ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދިން ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދައިފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުން ކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވިކަމުގެ ތުހުމަތުކުރެވުމާ އެކު ނިހާންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. ނަމަވެސް އެ ތުހުމަތުތަކަށް އޭނާ ދަނީ އިންކާރު ކުރައްވަމުންނެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ނިހާންއަކީ ޕީޕީއެމްގެ މެމްބަރެކެވެ. ނަމަވެސް ވެރިކަން ބަދަލުވުމާ އެކު އޭނާ ވަނީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.






ކޮމެންޓް