ފައިސާ ދެއްކި ފަހުން އުމްރާއަށް ނުދެވޭނެ ކަމަށް އަންގައިފި

މި ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި އުމުރާ އަށް ދާން ފައިސާ ދެއްކި ބަޔަކު އުމްރާއަށް ގެންދެވެން ނެތް ކަމަށް އެ ޖަމާއަތުން އަންގައިފި އެވެ.
އުމްރާއަށް ދާންވެގެން އަސްކޮއި އަށް ފައިސާ ދެއްކި ބަޔަކު ކޮށްފައިވާ ޕޯސްޓުތަކެއް ފޭސްބުކްގައި ދަނީ ދައުރުވަމުންނެވެ.
އެތަނުން އެއް ޕޯސްޓެއްގައި ބުނީ އުމްރާ އަށް ދާން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އޮޅުވާލުމެއްގެ ތެރެއިން "ވާނުވާ" ގައި ބައިތިއްބާފައިވާ ކަމަށެވެ. އަސްކޮއި ޖަމާއަތަށް އެ މީހުން ފައިސާ ދެއްކި ސްލިޕްތަކެއްވެސް ހިއްސާކޮށްފައިވެ އެވެ. އެގޮތުން 20،000ރ އާއި 60،000ރ އާ ދެމެދުގެ އަދަދެއް ޓްރާންސްފާކޮށްފައިވާކަން ސްލިޕުން ދައްކަ އެވެ.
ފައިސާ ދެއްކި މީހުން ބުނީ އެހެން ގްރޫޕަކުން ރަމަޟާން މަހުގެ އުމްރާއަށް ދިއުމަށް ޖާގަ ހޯދުމަށްފަހު އެ މީހުން ދައްކާފައިވާ 252،000ރ އަލުން އަނބުރާ ދިނުމަށް އެދުމުން ރީފަންޑުވެސް ކޮށްދީފައި ނުވާ ކަމަށެވެ.
އުމްރާ އަށް ނުދެވޭ ސަބަބާ ގުޅޭ ގޮތުން އަސްކޮއި ޖަމާއަތުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދު ގާތު އެ މީހުން ސުވާލުކުރުމުން އޭނާ ފޮނުވި މެސެޖެއްގެ ސްކްރީން ޝޮޓެއްވެސް ދަނީ ދައުރުވަމުންނެވެ.
އެ މެސެޖުގައި އަބްދުﷲ ބުނީ އުމްރާ އަށް މީހުން ގެންދިޔުން ލަސްވީ ދިމާވި 'ކަމެއްގެ' ސަބަބުން ކަމަށެވެ. އަދި ވަކި ގޮތެއް ހަމަޖެހިފައި ނުވާތީ އާއި އުމްރާއަށް ދެވޭނެ ކަމުގެ ފުރުސަތު ކުޑަ ކަމަށްވެސް މެސެޖުގައިވެ އެވެ.
"ތަކުރާރުކޮށް މައާފަށް އެދެން.. އޭޕްރީލް 15 އަށް ވުރެ ފަސްވެދާނެ ރުފިޔާ ހަވާލުކުރަން
ހައްޖުގެ އަޅުކަމާއި އުމްރާގެ އަޅުކަމަށް ދިޔުމަށް ދައްކާ ފައިސާ އަށް ހިޔާނާތްތެރިވާ މައްސަލަ ދުވަހެއް ދުވަހަކަށް ވަނީ އިތުރެވެ.
