ކުޑަ ކަނޑު ހިމެނޭހެން އައްޑޫގެ 4 ސަރަހައްދެއް ހިމާޔަތް ކޮށްފި
ތިމާވެށި ރައްކާތެރި ކުރުމާއި ދެމެހެއްޓުމުގެ ޤަވައިދުގެ ދަށުން އައްޑޫގެ 4 ސަރަހައްދެއް ހިމާޔަތް ކޮށްފިއެވެ.
އައްޑޫގައި ހިމާޔަތް ކޮށްފައިވަނީ ކުޑަ ކަނޑުގެ އިތުރުން 3 ކުޅިއެކެވެ. އަދި އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު އާންމު ކުރި އިއުލާނުގައި ވާގޮތުން ހިމާޔަތް ކުރެވުނު ކުޅިތަކަކީ، އައްޑޫގެ ކުޑަ ކަނޑު ސަރަހައްދާއި މާކިޅި އާއި ފެހެލެ ކިޅި ސަރަހައްދާއި މާފިށި ކިޅި ސަރަަހައްދާއި މަތިކިޅި ސަރަހައްދެވެ. އަދި މިއަދުން ފެށިގެން އެ ހުރިހާ ތަނެއްވެސް ހިމާޔަތް ކުރެވިފައި ވާ ކަމަށް އިއުލާނުގައި ވެއެވެ.
އައްޑޫގައި ވާ ރީތި ކުޑަ ކަނޑަކީ ގުދުރަތީ މުއްސަނދިކަމެއް ލިބިގެންވާ ރީތި ތަނެކެވެ. ގިނަ ބާވަތެއްގެ މުރަކައާއި މަސް ފަދަ ދިރުންތައް ގިނަ ތަނެކެވެ. ނެތިދިޔުމުގެ ބިރުހީވެފައިވާ ވެލަ އާއި ވައިފިޔަ މަޑި އަދި ކޯމަސް ވެސް މި ސަރަހައްދުގައި ވަރަށް ގިނައެވެ.
އެގޮތުން މި ކަނޑު ހިމާޔަތް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިފަދަ ދިރުންތައް ހިމާޔަތް ކުރުމެވެ.
މީގެއިތުރުން މާކިޅިއާއި ފެހިކިޅި އަކީ ހިތަދޫގެ އިރު ދެކުނު ފަރާތުގައި އޮންނަ ދެ ކިޅިއެވެ. ރަށުގައި ފެންބޮޑުވުމުން ސަލާމަތް ކޮށްދިނުމަށް މި ދެކިޅި ބޮޑު އެހީއެއް ވެދެއެވެ. ލޮޓަސް ގިނައިން އެކުލެވޭ މި ދެ ކިޅިއަކީ ހިމާޔަތް ކޮށްފައިވާ އެތައް ދޫނިތަކެއް ވެސް ޖައްސާ ދެ ކިޅިއެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ދަނޑު ހެއްދުމަށް ވެސް މިތަން ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.
ގައުމުވިއްކާ ހުސްކޮށްފަ ކޯޗެއްހިމާޔަތް ކުރާކަށޭމިކިޔަނީ އިންޑިޔާ އައުޓު