26 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް ފަރަކަށް އަރައިފި

26 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަރަކަށް އަރައިގެން އެމްއެންޑީއެފުން ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އެބަ ދެއެވެ.
ފަރަށް އަރާފައި ވަނީ އެމްޓީޓީސީގެ ކަޅިހި ނަމަކަށް ކިޔާ ލޯންޗެކެވެ.މި ލޯންޗު އަރާފައިވަނީ ކ.ކޮދިއްޕަރު ކައިރީގައި އޮންނަ ފަރަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.ލޯންޗް ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ މިއަދު 18:48 ހާއިރު ކަަމަށްވެސް އެމްއެންޑީއެފްއިން ބުނެއެެވެ.
މިހާރު ދޯނީގައި ތިބި މީހުން ތިބީ އެތާ ކައިރީ އޮތް ތުނޑިއަކަށް އަރައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.