Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދުނިޔޭގެ ރެކޯޑު ފޮތަށް އަރަން ބ. އަތޮޅުގައި އެއްހާސް މީހުން އެއްފަހަރާ ފީނަން އުޅެނީ

ދުނިޔޭގެ ރެކޯޑު ފޮތަށް އަރަން ބ. އަތޮޅުގައި އެއްހާސް މީހުން އެއްފަހަރާ ފީނަން  އުޅެނީ
ހާހެއްހާ މީހުން އެއްފަހަރާ ފީނައިގެން ދުނިޔޭގެ ރެކޯޑު ފޮތަށް އަރަން ބ. އަތޮޅު ކައުންސިލުން އަމާޒު ހިފައިފި އެވެ. އެ ހަރަކާތް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ފްރީޑައިވް މޯލްޑިވްސްއާއި ބ. އަތޮޅު ކައުންސިލުން ސޮއިކޮށްފައިވެ އެވެ.

ފްރީޑައިވް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފަހުދު ފާއިޒް އެވެ. ބ. އަތޮޅު ކައުސިލުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހް އެވެ.

ފްރީ ޑައިވް މޯލްޑިވްސް އިން ބުނި ގޮތުގައި އެ ހަރަކާތް ކުރިއަށް ދާނީ ބ. އަތޮޅުގެ ރަށްތަކުގެ އިތުރުން ރިސޯޓްތަކާއި މުޅި ރާއްޖެއަށް ހުޅުވާލައިގެނެވެ. ހަރަކާތަށް ދިން ނަމަކީ "ބާނި" އެވެ.

އެއްފަހަރާ ހާހެއްހާ މީހުން ޖަމާވެ ފީނާނީ ބ. އަތޮޅު އަނގަފަރު ސަރަހައްދަށެވެ. ހަރަކާތް އޮންނާނީ އޮކްޓޯބަރު ތިނެއްގަ އެވެ.

Advertisement
Ooredoo — Square (box)

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން ހޭލުންތެރި ކުރުވުމެވެ. އަދި ބ. އަތޮޅަކީ ޝައުވެރިކުރުވަނިވި ފަތުރުވެރި މަންޒިލެއް ގޮތަށް މުޅި ދުނިޔެއަށް އިޝްތިހާރު ކުރުމަކީ ވެސް މަގުސަދެކެވެ.

ހަރަކާތުގެ ޕާޓްނަރުންގެ ގޮތުގައި ބ. އަތޮޅު ބަޔޮސްފިއާ ރިސާވްއާއެކު ވެސް އެއްބަސްވުމެއް ހެދުމަށް ހަމަޖެހިފައިވާ އަތޮޅު ކައުންސިލުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް