Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

އެމްޑީޕީން މަސްވެރިންނަށް ކެހިދިނީ އެޖެންޑާ 19 ވިއްކައިގެން: ޖަމީލް

އެމްޑީޕީން މަސްވެރިންނަށް ކެހިދިނީ އެޖެންޑާ 19 ވިއްކައިގެން: ޖަމީލް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މަސްވެރިންނަށް ކެހިދިނީ އެޖެންޑާ-19 ވިއްކައިގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިން ވިދާޅުވީ މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލައާ ގުޅިގެން މަސްވެރިން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޖަމީލް ވިދާޅުވީ މަސްވެރިންނަށް ވި ވައުދު ނުފުއްދުނީ "ނާގާބިލު، ނާއަހުލު އެމްޑީޕީގެ ދެ މާލިމީން ގަސްދުގައި ރާވައިގެން މަސްވެރިންނަށް އޮޅުވާލަން ވީ ވައުދުތަކާ ހެދި" ކަމަށެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ޖަމީލް ވިދާޅުވީ އެމްޑީޕީން މަސްވެރިންނަށް ކެހިދިނީ އެޖެންޑާ 19 ވިއްކައިގެން ކަމަށާއި ދޮގު ވަޢުދު ވިއްކަން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދާ ދެމީހުން އެކީގައި ކަމަށެވެ.

“ހަމަ އަގާއި ކަންނެލި ޖަގަހަ ބިޔަކަނޑުގެ މެދުގައި ހަދާ ވާހަކަ ފަދަ އެތައް ކަމެއް” ޖަމީލް ވިދާޅުވިއެވެ.

ރާއްޖެއަށް މަސްވެރިކަން މިވަގުތު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ހާއްސަކޮށް ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ ކޮންމެ ދޯންޏަކުން 20-30 ޓަނުގެ މަސް ދަނީ ބާނަމުންނެވެ. އެހެން ނަމަވެސް މަސްވެރިން ބާނާ ހުރިހައި މަހެއް ކިރުވޭނެ އިންތިޒާމް މިފްކޯއަށް ހަމަ ނުޖެއްސި މައްސަލަ ގޯސްވެ، މަސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް