Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

10 ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

10 ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި
10 ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތްތައް އަޅަން ތިން ކުންފުންޏަކާ ރޭ ހަވާލުކޮށްފި އެވެ. ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތް އަޅަން ހަވާލުކުރީ ފެނަކައާއި އެމްޓީސީސީގެ އިތުރުން އާރުޑީސީ އަށެވެ. އެގޮތުން ފެނަކައާއި ހަވާލުކުރީ ގއ. ކޮނޑޭ، ބ. ކުޑަރިކިލު އަދި ގދ. ނަޑެއްލާގައި ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތްތައް އެޅުމަށެވެ. އެއީ 21.2 މިލިއަން ރުފިޔާ އަށެވެ. އަދި އދ. ފެންފުށީގައި  ސިއްހީ މަރުކަޒުގެ އާ އިމާރާތަކާއި ނ. ވެލިދޫ ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމަށް 135.2 މިލިއަން ރުފިޔާ އަށް ރޭ އާރުޑީސީއާ ވެސް ހަވާލުކުރި އެވެ. އޭގެ އިތުރުން ހަތަރު ރަށެއްގައި ހޮސްޕިޓަލުތަކުގެ އާ އިމާރާތްތަަކާއި  ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމަށް ވެސް ރޭ އެމްޓީސީއާ ހަވާލުކުރި އެވެ. އެއީ ޖުމްލަ 604 މިލިއަން ރުފިޔާ އަށެވެ. އެމްޓީސީސީން ހޮސްޕިޓަލުތަކުގެ އާ އިމާރާތްތައް އަޅާ ރަށްތައް
  • ށ. މިލަންދޫ
  • ކ. ތުލުސްދޫ
  • އއ. ރަސްދޫ
  • ގއ. ވިލިނގިލި
ނިމިގެން ދިޔަ ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަހާއި އަންނަ މަހު 550 އަށް ވުރެ ގިނަ މަޝްރޫއުތައް ފެށޭނެ ކަމަށެވެ. އޭގެ ތެރޭގައި ހުއްޓިފައިވާ މަޝްރޫއުތަކާއި އަލަށް ފަށާ މަޝްރޫއުތައް ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް