ޚަބަރު

ފޮރިން މިނިސްޓަރު މޯލްޓާއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް/ ފޮޓޯ: މިނިސްޓްރީ

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި މޯލްޓާއަށް މިއަދު ވަޑައިގެންފި އެވެ.

Ads by STELCO

ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުފުޅުގައި ރާއްޖެއާ މޯލްޓާއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެ ގައުމުގެ ފޮރިން މިނިސްޓަރު އަޔާން ބޯގްއާ ބައްދަކުރައްވާނެ ކަމަށެވެ.

އަދި ދެ ގައުމަށް ފައިދާ ހުރި ދާއިރާތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން މޯލްޓާ ސަރުކާރުގެ ވަޒީރުންނާއި ބައްދަލުކުރައްވައި ދެ ގައުމު ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން އިއާދަކުރަނިވި ހަކަތަ އަދި ވިޔަފާރީއާއި ޓޫރިޒަމްގެ ދާއިރާއިން ގުޅުން އިތުރަށް ވަރުގަދަކުރުން ހިމެނެ އެވެ.

މޯލްޓާގެ ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ސެކެޓްރީ ޑރ. ހާލާ ހަމީދު އަދި ސީނިއާ އަންޑާ ސެކެޓްރީ ހަސަން ހުސެއިން ޝިހާބް ހިމެނެ އެވެ.

Ads by Allied Insurance