Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގިނަ އަދަދެއްގެ ނަރުހުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ

ގިނަ އަދަދެއްގެ ނަރުހުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ

ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކަށް ރެކްރޫޓްކުރަން ގިނަ އަދަދެއްގެ ނަރުހުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްްޓްރީން މިއަދު ކުރި އިއުލާނެއްގައި ހޯދަން އިއުލާންކުރީ 70 ނަރުހުންނާއި 40 ސްޕެޝަލިސްޓް ޑޮކްޓަރުން ނެވެ.

ނަރުހުން ހޯދަން ކުރި <a href="https://gazette.gov.mv/iulaan/336379">އިއުލާންގައި</a> ބުނެފައިވާ ގޮތުން އެ މަގަމަށް ކުރިމަތިލެވޭނީ ބެޗެލާސް ޑިގްރީއެއް އެ ދާއިރާއިން ހާސިލުކޮށް ދެ އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކަށެވެ.

Advertisement
Allied Insurance — Square (box)

އެ މަގާމަށް މުސާރައާއި އިނާޔަތްތަކާއެކު 16،000 އަށް ވުރެ ބޮޑު އަދަދެއް ލިބޭއިރު އިތުރު ގަޑީގެ ފައިސާވެސް އިތުރަށް ލިބޭނެ އެވެ.

ހެލްތު މިނިސްޓްރީން ހޯދަން <a href="https://gazette.gov.mv/iulaan/336377">އިއުލާންކުރި</a> ސްޕެޝަލިސްޓް ޑޮކްޓަރުންގެ ތެރޭގައި ކުޑަކުދިންނާއި، ލޮލާއި، ކައްޓާއ، އެތެރެހަށި އަދި އަންހެނުންގެ ބަލިތަކާ ގުޅޭ ޑޮކްޓަރުން ހިމެނެ އެވެ. އޭގެ އިތުރުން ރޭޑިއޮލޮޖިސްޓުންނާއި، ސާޖަނުންނާއި އެނެސްތީސިސްޓުން ހިމެނެ އެވެެ.

ސްޕެޝަލިސްޓް ޑޮކްޓަރުންނާއި މުސާރައާއި އިނާޔަތްތަކާއެކު 50،000 އަށް ވުރެ ބޮޑު އަދަދެއް ލިބޭއިރު އިތުރު ގަޑީގެ ފައިސާވެސް އިތުރަށް ލިބޭނެ އެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް